Advertisement

ބީއެމްއެލްގެ "ފެހި ޕްރޮޖެކްޓް" އަށް ފަސް ރަށެއް ހޮވައިފި

22 ސެޕްޓެންބަރު 2022 - 16:38 0

ބޭންކް އޮފް މޯލްޑިވްސްގެ އެހީގައި ތ. ކިނބިދޫ މޫދަށް އެރޭ ސަރަހައްދު ތަރައްގީކޮށްފައި. އެ ކުންފުނިން އަންނަނީ ރަށްރަށަށް އެހީވުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުން --- ފޮޓޯ: ބީއެމްއެލް


ބީއެމްއެލްގެ "ފެހި ޕްރޮޖެކްޓް" އަށް ފަސް ރަށެއް ހޮވައިފި

22 ސެޕްޓެންބަރު 2022 - 16:38 0

ބޭންކް އޮފް މޯލްޑިވްސް އިން އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން "ފެހި ޕްރޮޖެކްޓް" އަށް ހޮވުނު ރަށްތައް މިއަދު ހާމަކޮށްފި އެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަހަރެއްގެ މައްޗަށް 50،000 ގަސް އިންދުމަށް އަމާޒުކޮށް އެ ބޭންކުން ތައާރަފްކުރި ހަރަކާތެކެވެ. އަދި، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަށް އެ ހަރަކާތް ކުރިއަށްގެންދަން ވަނީ ހަމަޖެހިފަ އެވެ.

ކޮންމެ އަހަރަކު ވެސް ފަސް ރަށެއް ހޮވުމަށް ހަމަޖެހިފައިވާއިރު މިއަހަރު އެ ޕްރޮޖެކްޓް ކުރިއަށްގެންދަން ނިންމާފައި ވަނީ ނ. މާފަރު، ޅ. ހިންނަވަރު، މ. ދިއްގަރު، ތ. ގުރައިދޫ އަދި ގދ. ގައްދޫގަ އެވެ.

"މި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށަށް ބޭނުންވާ ފެހިކަން ގެނެވި މުޖުތަމައަށް އޭގެ މަންފާ ލިބިގެންދާނެ އެވެ. މި ގޮތުން އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި، ހޫނުމިން ކުޑަވުމާއި ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ދަށްކުރެވުމުގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނުވާނެ،" ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މި ރަށްތަކަށް ރާއްޖޭގައި ހިންގާ ނާސަރީތަކުން 10،000 ގަސް ބޭންކުން ހަދިޔާކުރާނެ އެވެ.