Advertisement

ގައުމީ ޓީމުގައި ތިބި ޒުވާން ކުުޅުންތެރިންނާ މެދު ކޯޗު މޮރިއޭރޯގެ އުންމީދެއް

22 ސެޕްޓެންބަރު 2022 - 16:22 0

ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ: ޒުވާން ކުޅުންތެރިން އިތުރުކޮށް ގައުމީ ޓީމާ އެކު މުސްތަގުބަލަށް ވިސްނާ ކަމަށް ވަނީ ބުނެފައި،--- ފޮޓޯ: އަދަދު


ގައުމީ ޓީމުގައި ތިބި ޒުވާން ކުުޅުންތެރިންނާ މެދު ކޯޗު މޮރިއޭރޯގެ އުންމީދެއް

22 ސެޕްޓެންބަރު 2022 - 16:22 0

ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗުގައި ބްރުނާއީ ދާރުއްސަލާމް އާއި ލާއޯސްއާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމުން މި މަހުގައި ކުޅޭ މެޗުތަކަށް ނެގި ޒުވާން ކުޅުންތެރިންގެ "މެންޓަލިޓީ" ކުރިއަށް އޮތްތަނުގައި ރަނގަޅުވެގެންދާނެ ކަމަށް ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

ބްރުނާއީގެ ސުލްތާން ހަަސަނަލް ބޮލްކިއާ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގައި ރާއްޖެ މޮޅުވީ 3-0 އިންނެވެ. މެޗަށް ފަހު ދިން އިންޓަވިއުގައި މޮރިއޭރޯ ބުނީ ރަނގަޅު ނަތީޖާ އަކުން ކާމިޔާބު ހޯދުނީތީވެ، މިއީ ރަނގަޅު މެޗެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"އަހަރެން ވަރަށް ހިތްހަމަޖެހިފައި މި ހުރީ އެއީ އަހަރެން ބޭނުންވާ ގޮތަށް ކުޅުންތެރިން ޕްރެސް ކޮށްގެން ކުޅެފި މުޅި މެޗު ކަހަަަލަ ގޮތަކަށް. އެހެންވީމަ ވަރަށް ހިތްހަމަޖެހިފައި މިހުރީ، އެއީ 3-0 އަކީ ރަނގަޅު ސްކޯއެއް އޮގަނައިޒްކޮށް ކުޅެގެން ނެރެވުނު. ހުރިހާ ކްރެޑިޓެއް ހައްގުވަނީ ކުޅުންތެރިންނަށް،" މޮރިއޭރޯ ބުންޏެވެ.

ގައުމީ ޓީމު ގޮވައިގެން މިހާތަނަށް އަށް މެޗުގައި މޮރިއޭރޯ ނުކުމެފައިވާއިރު، މި ފަހަރު ނެގި ސްކޮޑަކީ ނިސްބަތުން ބަލާއިރު ޒުވާން ކުޅުންތެރިން ގިނަ ފަހަރެކެވެ. އިއްޔެ ގައުމީ ޓީމުން ބްރުނާއީއާ ދެކޮޅަށް ނުކުތް މެޗުގައި ޒުވާން ޑިފެންޑަރު އަހުނަފް ރަޝީދު (އަހުއްކޮ) އަށް ވަނީ ފުރުސަތު ދީފަ އެވެ. އަހުއްކޮގެ ކަކުލަށް ފުރަތަމަ ހާފުގައި ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ބަދަލުކުރަން ޖެހުނެވެ.

"ޒުވާން ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް އެބަކުރޭ. އަހަރެމެން ޑިފެންސަށް ބޭނުންކުރީ ވެސް މުޅިން އާ ކުޅުންތެރިއެއް (އަހުއްކޮ). އެކަމަކު، އޭނަ އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނީ، މިހާރު ގައުމީ ޓީމު މި ދަނީ ބަދަލުވަމުން، މެންޓަލިޓީ އަށް ބެލިޔަސް ކުޅުންތެރިންގެ ވިސްނުން ވެސް ބަދަލުވަމުން މި އަންނަނީ،" ބްރުނާއީ އާއި ލާއޯސް މެޗުން ހާސިލްކުރަން ބޭނުންވާ ކަންތައްތަކަށް އިޝާރާތްކޮށް މޮރިއޭރޯ ބުންޏެވެ.

"އަހަރެން މި މަސައްކަތް ކުރަނީ މުސްތަގުބަލަށް. ތިނެއް ނޫނީ ހަތަރެއް ވަރު ކުޅުންތެރިން މި ދެ މެޗުގައި ރަނގަޅަށް ޓެސްޓް ކޮށްލެވޭނެ،"

ގައުމީ ޓީމުން ބްރުނާއީ އަށް ދާން ދެ ދުވަހުގެ ދިގު ދަތުރެއް ކުރަން ޖެހުމުން، ޓީމަށް ފަރިތަކުރުންތައް ކުރިއަށް ނުގެންދެވިގެން އުނދަގޫ ހާލަތެއް ކުރިމަތިވި ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ. އެހެންވެ، މިހާރު ވިސްނުމަކީ އަންނަ ހޮނިހިރު ދުވަހު ލާއޯސްއާ ކުޅޭ މެޗަށް ރަނގަޅަށް ތައްޔާރުވާން ބޭނުންވާ "ރިކަވަރީ" އަށް އިސްކަން ދިނުން ކަމަށް މޮރިއޭރޯ ބުންޏެވެ.

ރާއްޖެ އަތުން ބަލިވި މެޗުގައި ބްރުނާއީ އަށް އިރުޝާދު ދިނީ ދާދި ފަހުން އެ ޓީމާ ހަވާލުވި ކޯޗު، ސްޕެއިންގެ މާރިއޯ ރިވޭރާ ކެމްޕަސީނޯ އެވެ. މެޗަށް ފަހު ރިވޭރާ ބުނީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރަނގަޅު ނަތީޖާ ނެރެން ފުރިހަމަވާންޖެހޭ ގިނަ ކަންކަމަށް އަދި ބްރުނާއީ ޓީމުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަދި މި ވަގުތަށް އޭނާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުޅުންތެރިންގެ ފިޓްނަސް އެންމެ ރަނގަޅު ހިސާބުގައި ނެތް ކަމުގައި ވިޔަސް މަސައްކަތުގެ ރޭޓް ރަނގަޅު ލެވަލެއްގައި ހުރުން ކަމަށް ރިވޭރާ ވަނީ ފާހަގަކޮށްފަ އެވެ.