Advertisement

2024 ގެ ޔޫރޯގައި ކުޅެން ބޭނުން: ރޮނާލްޑޯ

22 ސެޕްޓެންބަރު 2022 - 14:03 0


2024 ގެ ޔޫރޯގައި ކުޅެން ބޭނުން: ރޮނާލްޑޯ

22 ސެޕްޓެންބަރު 2022 - 14:03 0

ލިޒްބަން (ސެޕްޓެމްބަރު 22) - ފުޓްބޯޅަ ކުޅުން ހުއްޓާލައި، ރިޓަޔާކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށާއި 2024 ވަނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގަައި ކުޅެން ބޭނުންވާ ކަމަށް ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަންގެ އެވޯޑް ހަފްލާގައި ރޮނާލްޑޯ އަށް ވަނީ ހާއްސަ އެވޯޑެއް ދީފަ އެވެ. އެއީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ރޮނާލްޑޯ މުގުރާލާފައިވާތީ އެވެ. އެ ހަފްލާގައި ވާހަކަ ދައްކަމުން، އުމުރުން 37 އަހަރުގެ ރޮނާލްޑޯ ބުނީ މި އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަކީ އޭނާގެ ބޮޑު ފަހު މުބާރާތަށް ނުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އަހަރެންގެ ދަތުރު އަދި ނުނިމޭ، ތި މީހުންނަށް އަދިވެސް ޖެހޭނެ އަހަރެންގެ ނަން އިވޭ އަޑުއަހާލަން،" ރޮނާލްޑޯ ބުންޏެވެ. "އަހަރެން ބޭނުން ޕޯޗުގަލްގެ ޓީމާ އެކު މި ވޯލްޑް ކަޕާއި ދެން އޮތް ޔޫރޯގައި ވެސް ކުޅެލަން އަހަރެން މި ހުރީ ވަރަށް ޖޯޝުގައި އަހަރެންގެ އަދިވެސް އުންމީދުތަކެއް އެބަހުރި،" ރޮނާލްޑޯ ބުންޏެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަޔަލެންޑް ކޮޅަށް ޖެހި ގޯލުތަކާ އެކު ރޮނާލްޑޯ ވަނީ އީރާންގެ ލެޖެންޑަރީ ފޯވާޑް އަލީ ދާއީ ހަދާފައިވާ ގޯލު ޖެހުމުގެ ރެކޯޑް މުގުރާލައިފަ އެވެ. އަލީ ދާއީ ރެކޯޑް ހެދީ އީރާން ޓީމަށް 109 ގޯލު ޖަހައިދީގެންނެވެ. ރޮނާލްޑޯ އެ ރެކޯޑް މުގުރާލީ މިހާތަނަށް ގައުމީ ޖޯޒީގައި ކުޅުނު 189 މެޗުން 111 ގޯލު ޖަހައިގެންނެވެ.

ގަތަރުގައި އަންނަ ނޮވެމްބަރު މަހު ފަށާ ފީފާ ވޯލްޑް ކަޕަކީ ރޮނާލްޑޯ ގައުމީ ޖޯޒީގައި ކުޅޭނެ 10 ވަނަ ބޮޑު މުބާރާތެވެ. ރޮނާލްޑޯ ވަނީ ޕޯޗުގަލް ގައުމީ ޓީމާ އެކު 2016 ވަނަ އަަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2019 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.