Advertisement

އެއް ޖިންސުން ގުޅުން ހިންގި ފުލުސް މީހާ އެއް އަހަރާއި ދެ މަހަށް ޖަލަށް

22 ސެޕްޓެންބަރު 2022 - 13:36 0

ފުލުހުންގެ ވަޒީފާއެއްގައި ހުރި މ.ރަތްމަންދޫ، ޖަވާހިރުވާދީ، އަބްދުއްރަހްމާނު ރަފީއު: މިއީ އާންމުވި ވީޑިއޯތަކުގެ މައްސަލައިގައި ހުކުމް ކުރި ތިން ވަނަ މީހާ -- ފޮޓޯ: އަދަދު ފައިލް


އެއް ޖިންސުން ގުޅުން ހިންގި ފުލުސް މީހާ އެއް އަހަރާއި ދެ މަހަށް ޖަލަށް

22 ސެޕްޓެންބަރު 2022 - 13:36 0

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވެ، މ.ރަތްމަންދޫ, ޖަވާހިރުވާދީ، އަބްދުއްރަހްމާނު ރަފީއު އެއް އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އަބްދުއްރަހްމާނު ރަފީއުއަކީ ޑްރަގް އެންފޯސްމެންޓު ޑިޕާޓްމެންޓުގައި މަސައްކަތް ކުރި ފުލުހެކެވެ. ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށެވެ. މީގެ ކުރިން ރަފީއު ބަންދުގައި ހުރެފައިވާތީ އޭނާ ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ޖޫން މަހުގެ ފަހުކޮޅު ވަނީ އާންމުވެފަ އެވެ. އޭގެ ތެރެއިން އެއް ވީޑިއޯއަކުން އަލަމްގީރާއެކު އަބްދުއްރަހްމާނު ރަފީއު ފެނެ އެވެ.

މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ކްރިމިނަލް ކޯޓުން އާންމެއްނުކުރެ އެވެ.

އެ މައްސަލައިގައި ހިމެނޭ އަލަމްގީރަށް ހަތް މަހުގެ ޖަލު ހުކުމެއް މީގެ ކުރިން ކްރިމިނަލް ކޯޓުން އޮތީ އިއްވައިފަ އެވެ. އަދި ހަމަ އެ މައްސަލައިގައި ހިމެނޭ ގާނޫނީ ވަކީލު ނާޒިމް ސައްތާރު ތިން މަސް ދުވަހަށް ގޭގައި ބަންދު ކުރުމަށް ވެސް ކޯޓުން ހުކުމްކޮށްފައިވެ އެވެ.

ނާޒިމްގެ މައްޗަށް އިއްވި ހުކުމް ލުއި ވީ އޭނާ ކުށަށް އިއުތިރާފްވެ، ތައުބާވެ، އެކަމަށް އާންމުންގެ ފަރާތުން މައާފަށް އެދިފައިވާތީ އެވެ.