Advertisement

ކްލަބް މޯލްޑިވްސްގެ ޕްލެޓިނަމް ސްޕޮންސަރުންނަށް ސޮނީ ސްޕޯޓްސް އާއި ޗެމްބާ ސްކެއާ ހަމަޖައްސައިފި

22 ސެޕްޓެންބަރު 2022 - 13:33 0

ކްލަބް މޯލްޑިވްސް އިން ޕްލެޓިނަމް ޕާޓްނަރު ޗެމްބާ ސްކެއާއާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު.-- ފޮޓޯ: ކްލަބް މޯލްޑިވްސް


ކްލަބް މޯލްޑިވްސްގެ ޕްލެޓިނަމް ސްޕޮންސަރުންނަށް ސޮނީ ސްޕޯޓްސް އާއި ޗެމްބާ ސްކެއާ ހަމަޖައްސައިފި

22 ސެޕްޓެންބަރު 2022 - 13:33 0

ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި ސޮނީ ސްޕޯޓްސް އާއި ޗެމްބާ ސްކެއާ ހަމަޖައްސައިފި އެވެ.

އަންނަ މަހުގެ އެއް ވަަނަ ދުވަހު މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕާއި 18/30 ފުޓްސަލް ފިއެސްޓާ ފަށަން ނިންމާފައިވާއިރު، މުބާރާތުގެ ތައްޔާރީތަކާ ބެހޭ ގިނަ ކަންކަން މިހާރު ދަނީ ކުރިއަށެވެ. އެ ގޮތުން މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި ސޮނީ ސްޕޯޓްސް އާއި ޗެމްބާ ސްކެއާއާ އެކު ވަނީ ކްލަބް މޯލްޑިވްސް އިން ސޮއިކޮށްފަ އެވެ.

ސޮނީ ސްޕޯޓްސް އަކީ ކްލަބް މޯލްޑިވްސްއާ އެކު ގިނަ ފަހަރުތަކެއްގެ މަތިން މަސައްކަތް ކޮށްފައިވާ ރާއްޖޭގެ މަގުބޫލު ސްޕޯޓްސް ވިޔަފާރި ބްރޭންޑެކެވެ. ޗެމްބާ ސްކެއާ އިން ވެސް ކްލަބް މޯލްޑިވްސްއާ ގުޅިގެން ދިއުމަކީ އެ ޖަމިއްޔާ އިން ވަރަށް ބޮޑަށް ފާހަގަކުރާ ކަމެކެވެ.

މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ޓީމުތައް ހިމެނޭ ގްރޫޕްތައް ގުރުއަތުލުމުގެ އިވެންޓް ކުރިއަށްދާނީ މާދަމާރޭ އެވެ. އަދި މުބާރާތް އަންނަ މަހުގެ 1 ވަނަ ދުވަހު ފެށުމުގެ ކުރިން، މި މަހު 30 ވަނަ ދުވަހު މުބާރާތް ފެށުމުގެ ހާއްސަ އިވެންޓެއް އޮންނާނެ އެވެ.

ކްލަބް މޯލްޑިވްސްގެ ސްޕޮންސަރެއްގެ ގޮތުގައި ސޮނީ ސްޕޯޓްސްއާ އެކު ސޮއިކުރުމަށް ފަހު.


މުބާރާތުގެ ސޯޝަލް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވާ ބީވިޒަމް (ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް)އާ ގުޅިގެން މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުގެ ވިސްނުން ކްލަބް މޯލްޑިވްސް އިން ގެންގުޅެ އެވެ.

ކްލަބް މޯލްޑިވްސް ކަޕް ބާއްވަން މި ފަހަރު އެންމެ ފުރަަތަމަ ނިންމީ މި މަހު އެވެ. އެކަމަކު، މުބާރާތުގެ މެޗުތައް ކުޅޭ ހުޅުމާލެ ރެހެންދި ޓާފް ދެ ދަނޑުގެ އެކިއެކި މަރާމާތުގެ މަސައްކަތްތައް ކުރުމާއި މުބާރާތް ވީހާވެސް ފުރިހަމަކޮށް ގެންދިއުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތަކަށް ޖާގަ ދިނުމުގެ ގޮތުން މުބާރާތް ފަސްކުރަން އޭރު ނިންމީ އެވެ.

މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ބައިވެރިވާ ޓީމުތަކަކީ ޓީމު އެލައިޑް، ޓީމު ސިވިލް ކޯޓު، ކްލަބް އޭވިއޭޝަން ސެކިއުރިޓީ، ކްލަބް އެޗްޑީސީ، ރާއްޖެ އޮންލައިން ކްލަބް، ކްލަބް އިމިގްރޭޝަން، އެމްޕީއެލް، ކަސްޓަމްސް ރެކްރިއޭޝަން ކްލަބް، ފެން ކްލަބް، ޓީމު ފެނަކަ، މީޑިއާނެޓް، އެމްއެމްއޭ ސްޕޯޓްސް ކްލަބް، އެންމެ ފަހުގެ ޗެމްޕިއަން - ރޯޑް ރެކްރިއޭޝަން ކްލަބް، ސްޓެލްކޯ ކްލަބް، އެސްޓީއޯ ރެކްރިއޭޝަން ކްލަބް، މިދިޔަ އަހަރުގެ ރަނަރަޕް - ޓީމު އެފްއެސްއެމް، އެމްއޭސީއެލް، ކްލަބް އެމްޓީސީސީ، ޔުނައިޓެޑް ބީއެމްއެލް، ކްލަބް ވެމްކޯ، ކްލަބް ޔޫތު މިނިސްޓްރީ، ކްލަބް ޓީޓީއެސް، މޯލްޑިވިއަން، މިފްކޯ، މުލިއާގެ ރެކްރިއޭޝަން ކްލަބް، ކްލަބް އާސަންދަ، ކްލަބް އެއާޕޯޓްސް، ޓްރޭޑް ކްލަބް، ދިވެހި ސިފައިންގެ ކްލަބް، ޓީމު މާލެ ސިޓީ ކައުންސިލް، ހޯމްއެފެއާޒް ރެކްރިއޭޝަން ކްލަބް އަދި ޓީމު ޓީޕާޓްމަންޑް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން މުބާރާތް، 18/30 ފުޓްސަލް ފިއެސްޓާގައި މި ފަހަރު ވާދަކުރަނީ ފަސް ޓީމެކެވެ. އެއީ ކްލަބް ޔޫތު މިނިސްޓްރީ، ކްލަބް ވެމްކޯ، ޓީމު ފެނަކަ، އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަން - އެމްޕީއެލް އަދި ދިވެހި ސިފައިންގެ ކްލަބް އެވެ.

މި ފަަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "އަދަދު" އެވެ.