Advertisement

މީޑިއާގައި ހުރި ހަބަރުތައް ނަގަން މަޖިލީހަކަށް ނޭންގޭނެ: އެމްޖޭއޭ

22 ސެޕްޓެންބަރު 2022 - 11:26 0

އެމްޖޭއޭގެ ރައީސް އަލީ ރިފްޝާން މީގެކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ހަބަރުތައް ނަގަން މީޑިއާތަކަށް ނޭންގޭނެ ކަމަށް އެ ޖަމިއްޔާއިން ބުނި - ފޮޓޯ: އަދަދު


މީޑިއާގައި ހުރި ހަބަރުތައް ނަގަން މަޖިލީހަކަށް ނޭންގޭނެ: އެމްޖޭއޭ

22 ސެޕްޓެންބަރު 2022 - 11:26 0

ނޫސްތަކުގައި ލިޔާ ހަބަރުތައް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ނޭންގޭނެ ކަމަށް ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ, މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން މިއަދު ބުނެފި އެވެ.

އެ ޖަމިއްޔާއިން މިހެން ބުނީ, އިއްޔެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ, 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގެ ހަބަރުތައް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ, އެ ހަބަރުތައް ނެގުމަށް އަންގައި މަޖިލީހުން ބަޔާނެއް ނެރުމުންނެވެ.

އެ ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ނިންމި ނަމަވެސް, މަޖިލީހުގެ ރަސްމީ ޔޫޓިއުބް އެކައުންޓުން ބައްދަލުވުން ވަނީ ލައިވްކޮށްފަ އެވެ. އެކަން ކުރެވުނީ އޮޅުމަކުން ކުޑަ ވަގުތުކޮޅަކަށް ކަމަށް މަޖިލީހުން ބުނެފައިވީ ނަމަވެސް, ކޮމިޓީ ބައްދަލުވުން 50 ވަރަކަށް މިނެޓް ލައިވްކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގެ އޯޑިއޯ މަޖިލީހުގެ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އާންމުވެ، އެ އޯޑިއޯއާ ހަވާލާދީ ބައެއް ނޫސްތަކުން ލިޔެފައިވާ ހަބަރުތައް ނެގުމަށް މަޖިލީހުން އަންގާފައިވާތީ އެއީކަ ންބޮޑުވާ ކަމެއް ކަމަށެވެ.

"އެ ހަބަރުތައް ލިޔުނު ނޫސްތަކުން މި އެސޯސިއޭޝަނަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ އޯޑިއޯ 50 ވަރަކަށް މިނެޓަށް ލައިވްކުރިއިރު, އެއަށް ހަވާލާދީ ހަބަރުތައް ޝާއިއުކުރުމުގެ ކުރިން އެ އޯޑިއޯގެ މައްޗަށް ހަބަރު ނުލިޔުމަށް އިރުޝާދެއް ދީފައެއްނުވޭ," ބަޔާނުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ބެލުމުން އެނގޭ ގޮތުގައި ސިއްރު ކޮމިޓީތަކުގެ ސިއްރުކަން ހިފެހެއްޓުމާއި މައުލޫމާތުތައް ހާމަނުކުރުމަކީ މަޖިލީހުގެ ޒިންމާއެއްކަން އެމްޖޭއޭއިން ފާހަގަކުރެ އެވެ. އެހެންކަން އޮތް އިރު، ނޫސްތަކުގައި ޖެހި އެ ހަބަރުތައް ނެގުމަށް މަޖިލީހުުގެ އިދާރާއަށް ސީދާ ނޫސްތަކަށް އެންގިދާނެ ކަމަށް އެއީ އެ ޖަމްއިއްޔާއިން ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ބުންޏެވެ.

"...އޭގެ ބަދަލުގައި ނޫހެއްގެ ކޮންޓެންޓާ މެދު އެއްވެސް ފަރާތެއްގެ ޝަކުވާއެއް އޮތް ނަމަ އެކަމެއް މީޑީއާ ކައުންސިލަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދިޔުމަކީ މި ޖަމްއިއްޔާއިން ގަބޫލުކުރާ ހަމަ," ބަޔާނުގައިވެ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން, ކޮމިޓީ ބައްދަލުވުމެއް ސިއްރު ކުރެވޭނީ އެއީ, ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ނުވަތަ މީހެއްގެ އަބުރަށް ގެއްލުންވާ ފަދަ ކަމެއް ހިމެނޭ ވާހަކަތަކެއް ދައްކަން ޖެހޭނަމަ އެވެ. އެފަދަ ބައްދަލުވުންތައް ސިއްރު ކުރުމާއި އޭގެ ސިއްރުކަން ހިފެހެއްޓުމަކީ, އެ މަޖިލީހުގެ ގަވައިދުގެ ދަށުން އެ މަޖިލީހަށް އޮތް ޒިންމާއެކެވެ.

އިއްޔެ 241 ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުالله އެވެ. އޭނާ މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކެވީ ޕޮލިސް ބޯޑާއި އެ މިނިސްޓްރީއާ ދެމެދު އޮތް ހިޔާލު ތަފާތުވުންތަކުގެ ވާހަކަ އެވެ.