Advertisement

ޓްރަމްޕާއި ތިން ދަރިންގެ މައްޗަށް މަކަރު ހެދުމުގެ ދައުވާކޮށްފި

22 ސެޕްޓެންބަރު 2022 - 05:35 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް. -- ފޮޓޯ: ގެޓީ


ޓްރަމްޕާއި ތިން ދަރިންގެ މައްޗަށް މަކަރު ހެދުމުގެ ދައުވާކޮށްފި

22 ސެޕްޓެންބަރު 2022 - 05:35 0

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމަނިކުފާނުގެ ތިން ބޭފުޅުންގެ މައްޗަށް މަކަރު ހެދުމުގެ ދައުވާކޮށްފި އެވެ.

ނިއު ޔޯކްގައި ހިންގި ތަހުގީގަކަށް ފަހު އެޓާނީ ޖެނެރަލް ލެޓީޝިއާ ޖޭމްސް ތުހުމަތު ކުރެއްވީ ޓްރަމްޕް އޯގަނައިޒޭޝަނުން 2011 އާއި 2021 އާ ދެމެދު ތަކުރާރުކޮށް މަކަރު ހެދި ކަމަށެވެ.

ކޯޓަށް ހުށަހެޅި މައްސަލަައިގައި އެދިފައި ވަނީ ނިއު ޔޯކްގައި ހިންގާ އެއްވެސް ވިޔަފާރި ކުންފުންޏެއްގެ އޮފިސަަރުން ނުވަތަ ޑިރެކްޓަަރުންގެ ގޮތުގައި ޓްރަމްޕާއި އެމަނިކުފާނުގެ ތިން ބޭފުޅުން މަަސައްކަތް ކުރުން މަނާ ކުރެއްވުމަށެވެ.

އޭގެ އިތުރުން ނިއު ޔޯކްގައި އެއްވެސް ރިއެލް އެސްޓޭޓް ވިޔަފާރިއެއް ކުރުން އެ ކުންފުންޏަށް މަނާ ކުރުމަށް ވެސް ކޯޓުގައި އެދިފައިވެ އެވެ.

ޓްރަމްޕް އޯގަނައިޒޭޝަނުން ވަނީ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ޓްރަމްޕާއި އެމަނިކުފާނުގެ ކުންފުންޏަށް ތުހުމަތު ކުރެވެނީ ރިއެލް އެސްޓޭޓް ވިޔަފާރީގައި މުދަލުގެ އަސްލު ވެލިއު ބޭންކުތަކަށް އޮޅުވާލައިގެން ގިނައިން ފައިސާ ހޯދި ކަމަށެވެ.

އެޓާނީ ޖެނެރަލް ލެޓީޝިއާ ޖޭމްސް ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ ޖިނާއީ ބައިތައް ފެޑެރަލް ޕްރޮސެކިއުޓަަރުންނާއި އިންޓާނަލް ރެވެނިއު ސާވިސްއިން ކުރިއަށް ގެންދާނެ ކަމަށެވެ.

ޓްރަމްޕްގެ އިތުރުން ލެޓީޝިއާ ފާހަގަކުރެއްވީ އެ މަަނިކުފާނުގެ ތިން ބޭފުޅުން، ޑޮނަލްޑް ޓްރަމްޕް ޖޫނިއާ، އިވާންކާ އަދި އެރިކް އެވެ.

މި މައްސަލައިގެ ސަބަބުން ދައުލަތަަށް ގެއްލުނު 250 މިލިއަން ޑޮލަރު އަނބުރާ ހޯދަން މަަސައްކަތް ކުރައްވާނެ ކަމަށް ލެޓީޝިއާ ވިދާޅުވި އެވެ.

ޓްރަމްޕާ ދެކޮޅަށް ގިނަ ތަހުގީގުތަކެއް ކުރިއަށްދާ އިރު، އެ މަނިކުފާނު ވިދާޅުވަނީ އެއީ ސިޔާސީ ބޭނުމަށް ހިންގާ ކަންތައްތަކެއް ކަމަށެވެ.