Advertisement

ރަޝިއާގެ ރިޒާވް ފައުޖުން ތިން ލައްކަ މީހުން ހަނގުރާމައަށް ނެރެނީ

22 ސެޕްޓެންބަރު 2022 - 07:19 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: ގެޓީ


ރަޝިއާގެ ރިޒާވް ފައުޖުން ތިން ލައްކަ މީހުން ހަނގުރާމައަށް ނެރެނީ

22 ސެޕްޓެންބަރު 2022 - 07:19 0

ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާގެ ސިފައިންނަށް ގޮންޖެހުންތަކަކާ ދިމާވެފައިވާ ދަނޑިވަޅެއްގައި އެ ގައުމުގެ ރިޒާވް ފައުޖު ހަނގުރާމައިގެ މައިދާނަށް ނެރެން ރައީސް ލެޑިމިއަ ޕުޓިން ނިންމަވައިފި އެވެ.

ޕުޓިން ވިދާޅުވީ ރިޒާވް ފައުޖު ބޭނުން ކުރަން މަޖުބޫރުވީ ގައުމުގެ ބިމުގެ ސަރަހައްދު ދެމެހެއްޓުމަށް ކަމަށެވެ. ސިފައިންގެ ރިޒާވް މެމްބަރުންގެ ގޮތުގައި ތިބޭ 300،000 މީހުންގެ މައްޗަށް އެ ނިންމުން ހިނގާނެ އެވެ.

ޔޫކްރެއިން ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވީ އެ ނިންމުމުން ދޭހަވަނީ ޔޫކްރެއިން ލޭގެ ތެރޭގައި ގެނބެން މަޖުބޫރު ކުރަން ޕުޓިން މަސައްކަތް ކުރައްވާކަން ކަމަށެވެ.

ރަޝިއާގެ ރިޒާވް ފައުޖުގައި 25 މިލިއަން މީހުން ހިމެނެ އެވެ. އެ އެންމެންނަކީ ވެސް ގައުމީ ވާޖިބެއްގެ ގޮތުން ވަކި މުއްދަތެއް ވަންދެން ސިފައިންގެއަށް ހިދުމަތްކޮށްފައިވާ މީހުންނެވެ.

މިއީ ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ރަޝިއާގެ ރިޒާވް ފައުޖު ބޭނުން ކުރަން ނިންމި ފުރަތަމަ ފަހަރެވެ. އެގޮތަށް ނިންމި އިރު، ދާދި ފަހުން ޔޫކްރެއިނުން ވަނީ ހަނގުރާމައިގައި ކުރިއެރުންތަކެއް ހޯދައިފަ އެވެ.

އެގޮތުން އުތުރު ހާރްކީވް ސަރަހައްދުން ގިނަ އަވަށްތަކެއްގެ ކޮންޓްރޯލް ޔޫކްރެއިނުން އަލުން ހޯދި އެވެ. އޭގެ އިތުރުން ދެކުނު ހާސަން ސަރަހައްދުން ވެސް ބައެއް ތަންތަން ދަނީ ހިފަމުންނެވެ.

އެހެން ނަމަވެސް، ޔޫކްރެއިންގެ ފަސްބައި ކޮށްފައި އެއްބައި އަދިވެސް ކޮންޓްރޯލް ކުރަނީ ރަޝިއާއިންނެވެ.