Advertisement

އިންޑިއާގެ ކޮމީޑިއަން ރާޖޫ ސްރިވާސްތަވާ މަރުވެއްޖެ

21 ސެޕްޓެންބަރު 2022 - 13:21 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރާޖޫ ސްރިވާސްތަވާ މަގުބޫލުކަަން ހޯދީ 2005 ވަނަ އަހަރުގެ ދަ ގްރޭޓް އިންޑިއަން ލާފްޓާ ޗެލެންޖައި ބައިވެރިވެގެން. -- ފޮޓޯ: ގެޓީ


އިންޑިއާގެ ކޮމީޑިއަން ރާޖޫ ސްރިވާސްތަވާ މަރުވެއްޖެ

21 ސެޕްޓެންބަރު 2022 - 13:21 0

އިންޑިއާގެ މަގްބޫލް ކޮމީޑިއަން ރާޖޫ ސްރިވާސްތަވާ އުމުރުން 58 އަހަރުގައި މަރުވެއްޖެ އެވެ.

އޯގަސްޓް 10 ވަނަ ދުވަހު ސްރިވާސްތަވާއަށް ހާޓް އެޓޭކެއް ޖެހި، އެ ދުވަހުން ފެށިގެން ދިޔައީ ދިއްލީގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންނެވެ.

އޭނާއަށް ހާޓް އެޓޭކެއް ޖެހުނީ ޖިމްގައި ކަސްރަތު ކުރަަން ހުއްޓަ އެވެ. ކުއްލިއަކަށް މެޔަށް ތަދު އެރުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީ، ލައިފް ސަޕޯޓް މެޝިނާ ގުޅަން ޖެހުނެވެ.

މިދިޔަ ހަފްތާގައި އޭނާގެ އާއިލާއިން ބުނީ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށާއި އެކަމަކު ހާލު ރަނގަޅުވަމުންދާ ކަމަށެވެ.

ސްރިވާސްތަވާ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ފެށީ 1980 ގެ އަހަރުތަކުގައި ހިންދީ ފިލްމު އެކްޓަރެއްގެ ގޮތުގަ އެވެ.

އޭނާ މަގްބޫލުކަން ފެތުރުނީ 2005 ވަނަ އަހަރުގެ ދަ ގްރޭޓް އިންޑިއަން ލާފްޓާ ޗެލެންޖް މުބާރާތުންނެވެ. ސްރިވާސްތަވާ މަރުވުމުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

ހޯމް މިނިސްޓަރު އަމިތު ޝާހް ވިދާޅުވީ ސްރިވާސްތަވާ މަރުވުމަކީ ފަންނީ ދުނިޔެއަށް ލިބުނު ބޮޑު ދެރައެއް ކަމަށެވެ.

އުތުރު އުއްތަރް ޕްރަދޭޝް ސްޓޭޓުގެ ކަންޕޫރް ސިޓީއަށް ނިސްތަބްވާ ސްރިވާސްތަވާއަކީ އެންމެ ކުޑައިރުން ފެށިގެން ވެސް މަގްބޫލް އެކްޓަރުން ކޮޕީކުރުމުގައި ކުޅަދާނަ މީހެކެވެ.

އޭނާގެ އެންމެ ފުރަތަމަ ކޮމެޑީ މަސައްކަތަކީ "ހަސްނާ މަނާ ހޭ" އެވެ. އެކްޓަރެއްގެ ގޮތުގައި އޭނާ އެންމެ ފުރަތަމަ ފެނުނީ ސަލްމާން ހާންއާ އެކު "މޭނޭ ޕިޔާރް ކިޔާ" އިންނެވެ.

އޭގެ ފަހުން ގިނަ މަގްބޫލް ފިލްމުތަކަކުން ފެނުނެވެ. އެގޮތުން "ބާޒީގަރް" އަދި "ޓޮއިލެޓް: އޭކް ޕްރޭމް އާތާ" ފަދަ ފިލްމުތައް ހިމެނެ އެވެ.