Advertisement

"ގާލްސް ޓު ކޯޑް" ސީރީޒްގެ ހަތަރު ވަނަ ޕްރޮގްރާމް ލާމު އަތޮޅުގައި ބާއްވަނީ

20 ސެޕްޓެންބަރު 2022 - 18:44 0


"ގާލްސް ޓު ކޯޑް" ސީރީޒްގެ ހަތަރު ވަނަ ޕްރޮގްރާމް ލާމު އަތޮޅުގައި ބާއްވަނީ

20 ސެޕްޓެންބަރު 2022 - 18:44 0

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް  "ގާލްސް ޓު ކޯޑް" ގެ ހަތަރު ވަނަ ޕްރޮގްރާމް ލ. އަތޮޅުގައި ބާއްވަން ނިންމައި، ބައިވެރިވުމަށް ރަޖިސްޓްރީކުރަން މިއަދު ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެން ކުދިންނަށެވެ.

ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ނެތް ކުދިންނަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ.

އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށް ދިނުމާއި އެ ކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ މި ޕްރޮގްރާމް ކުރިއަށްދާނީ ދެ މަސް ދުވަހުގެ މުއްދަތަށް އޮންލައިންކޮށެވެ. 

މި ޕްރޮގުރާމުގައި އެޗްޓީއެމްއެލް އާއި ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭނެ އެވެ.

ޕްރޮގްރާމުގައި ބައިވެރިންވާން ފީއެއް ދައްކަން ނުޖެހޭނެ އެވެ.

ގާލްސް ޓު ކޯޑް ޕްރޮގްރާމަކީ އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކުރުވުމާއި އަދި ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް އިތުރުކުރުމަށްޓަކައި ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން 2019 ވަނަ އަހަރުގައި ފެށި ޓްރެއިނިންގ ސީރީސްއެކެވެ.


މީގެ އެންމެ ފުރަތަމަ ޕްރޮގްރާމް ބޭއްވުނީ ފުވައްމުލަކުގައެވެ. މި ޕްރޮގްރާމްއަށް ލިބުނު ތަރުހީބުގެ ސަބަބުން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު ވަނީ މި ސީރީސްގެ 2 ވަނަ ޕްރޮގްރާމް ގދ.ތިނަދޫގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. އަދި ހަމަ އެއަހަރު ފަހުކޮޅު ސީރީސްގެ ތިން ވަނަ ޕްރޮގްރާމް ހދ. ކުޅުއްދުއްފުށީގައި ކުރިއަށް ގެންދިޔަ އެވެ.  

ލ. އަތޮޅުން މި ޕްރޮގްރާމުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން މި ލިންގުގައި މިވާ ވެބްސައިޓް އަށް ޒިޔާރަތްކޮށް ފޯމް ފުރިހަމަ ކުރާށެވެ. މި ބުރާސްފަތި ދުވަހުގެ ނިޔަލަށް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.