Advertisement

ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓްގެ ސައްހަކަން އަދި ބެލިދާނެ: ސުޕްރީމް ކޯޓު

20 ސެޕްޓެންބަރު 2022 - 16:05 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ލަވަކިޔުންތެރިޔާ ޕެސްޓް: ބޭންކް ސްޓޭޓްމަންޓްތަކުގެ ސައްހަ ކަމާ މެދު އަދި ގޮތެއް ނިންމިދާނެ ކަމަށް ނިންމައިފި


ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓްގެ ސައްހަކަން އަދި ބެލިދާނެ: ސުޕްރީމް ކޯޓު

20 ސެޕްޓެންބަރު 2022 - 16:05 0

ރެޕް ލަވަކިއުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އޭނާގެ ބޭންކް ސްޓޭޓްމަންޓްތަކުގެ ސައްހަކަމާ މެދު އަދި ގޮތެއް ނިންމަން އެ ކަން ބެލިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ އަހަރުގެ ފެބުރުއަރީ 13ގައި ހައްޔަރުކޮށް، ޕެސްޓްގެ މައްޗަށް ފަސް ދައުވާއެއް އުފުލި އެވެ. އޭގެ ތެރެއިން ތިން ދައުވާއަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ މަސްތުވާތަކެތި ޓްރެފިކިންގެ ދައުވާތަކެވެ.

ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓްތައް ހޯދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހެކި ބަލައިނުގަންނަން އޭނާގެ ފަރާތުން ހުށަހެޅުމުން އެ ގޮތަށް ކްރިމިނަލް ކޯޓުން ނިންމި އެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެ ސްޓޭޓްމަންޓްތައް ހޯދީ ރަނގަޅަށް ކަމަށެވެ.

މިދިޔަ މަހު ހައި ކޯޓުން ނިންމި ނިންމުން ޕެސްޓްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ ހެކި ބަލައިނުގަނެވޭނެ ގާނޫނީ ސަބަބެއް ޕެސްޓަށް ދެއްކިފައިނުވާ ކަމަށެވެ.

ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓްތައް ބަލައިގަތުމާ މެދު ހައި ކޯޓުން ނިންމި ނިންމުން ރަނގަޅު ނަމަވެސް ޝަރީއަތުގެ މަރުހަލާގައި އެ ހެކީގެ ސައްހަކަމާ މެދު ގޮތެއް ކަނޑައެޅުމުގެ ފުރުސަތު އަދި އޮންނާނެތީ، އެ މަރުހަލާގައި އަދި ގޮތެއް ނިންމިދާނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

އެ ބޭންކް ސްޓޭޓްމަންޓްތަކަކީ ގާނޫނާ އެއް ގޮތަށް ހޯދާފައިވާ ހެކިތަކެއް ގޮތުގައި ހައި ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވެ އެވެ. ހައި ކޯޓުގެ ހުކުމުގެ އެ ބައި ގޯސްކަމަށް ނިންމީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ ރައުޔުއިންނެވެ.

މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާއާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ އިތުރަށް ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.