Advertisement

އެމެރިކާ އާއި ތާލިބާނުންގެ އެއްބަސްވުމުގެ ދަށުން ގައިދީން ބަދަލުކޮށްފި

20 ސެޕްޓެންބަރު 2022 - 07:48 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ތާލިބާނުން ހައްޔަރުކޮށްފައި ހުރި މާކް ފްރެރިޗްސް.


އެމެރިކާ އާއި ތާލިބާނުންގެ އެއްބަސްވުމުގެ ދަށުން ގައިދީން ބަދަލުކޮށްފި

20 ސެޕްޓެންބަރު 2022 - 07:48 0

އެމެރިކާ އާއި އަފްގާނިސްތާނުގެ ތާލިބާން ސަރުކާރާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ގައިދީން ބަދަލުކޮށްފި އެވެ.

ތާލިބާނުން އެމެރިކާއާ ހަވާލުކުރީ 2020 ވަނަ އަހަރުން ފެށިގެން ހައްޔަރުކޮށްގެން އުޅޭ އެމެރިކާގެ އިންޖިނިއަރު މާކް ފްރެރިޗްސް އެވެ.

ބަދަލުގައި އެމެރިކާއިން ތާލިބާނުންނާ ހަވާލުކުރީ 2005 ވަނަ އަހަަރުން ފެށިގެން އެމެރިކާއިން ބަންދުކޮށްގެން އުޅޭ އަފްގާނިސްތާނުގެ ގަބީލާ ލީޑަރު ބަޝީރް ނޫރްޒާއީ އެވެ.

ބަޝީރް ނޫރްޒާއީ އުމުރަށް ޖަަލުގައި ބަންދުކޮށްފައި ހުރީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގަ އެވެ. އޭނާއަކީ ތާލިބާނުންނާ ގާތް މީހެކެވެ.

ބަޝީރް ނޫރްޒާއީ.


އުމުރުން 60 އަހަރުގެ ފްރެރިޗްސް 2020 ވަނަ އަހަަރު ތާލިބާނުންގެ އަތް ދަށަށް ދިޔަ އިރު، އޭނާ އަފްގާނިސްތާނުގައި ދިރިއުޅޭތާ 10 އަހަރު ވެއްޖެ އެވެ.

އޭނާ ބަންދުކޮށްފައި ހުރުމަކީ އެމެރިކާ އާއި ތާލިބާާނުންގެ ގުޅުން ރަނގަޅު ކުރެވޭނެ އެއް ސަބަބުގެ ގޮތުގައި އެނެލިސްޓުން ދިޔައީ ފާހަގަކުރަމުންނެވެ.

މިދިޔަ ޖެނުއަރީ މަހު ރައީސް ޖޯ ބައިޑެން ވެސް ވިދާޅުވީ ތާލިބާން ސަރުކާރަކީ ގާނޫނީ ސަރުކާރެއްގެ ގޮތުގައި ބަލައިގަތުމުގެ އެއްވެސް މަޝްވަރާއަކާ މެދު ވިސްނޭނީ އޭނާ ދޫކޮށްލުމުން ކަމަށެވެ.