Advertisement

ގިނަ ހަރަކާތްތަކާއެކު އޭޑީކޭގެ ބްރެއިން/ސްޕައިން ކޮންފަރެންސް ފަށައިފި

19 ސެޕްޓެންބަރު 2022 - 20:45 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމް ކުރާ ބްރެއިން/ސްޕައިން ކޮންފެރެންސްގެ ތެރެއިން: ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ކޮންފެރެންސްގައި އިލްމީ ދިރާސާތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުން ވެސް އޮންނާނެ -- ފޮޓޯ: އޭޑީކޭ


ގިނަ ހަރަކާތްތަކާއެކު އޭޑީކޭގެ ބްރެއިން/ސްޕައިން ކޮންފަރެންސް ފަށައިފި

19 ސެޕްޓެންބަރު 2022 - 20:45 0

ގިނަ ހަރަކާތްތަކަކާއެކު އޭޑީކޭ ހޮސްޕިޓަލުން ބާއްވަމުން އަންނަ "މޯލްޑިވްސް ބްރެއިން/ސްޕައިން ކޮންފެރެންސް 2022" މިއަދު ފަށައިފި އެވެ.

އޭޑީކޭގެ ނިއުރޯސާޖަރީ ޓީމުން އިންތިޒާމް ކުރާ ހަތަރު ވަނަ ބްރެއިން/ސްޕައިން ކޮންފެރެންސް މިއަދު ފެށިއިރު ހަތަރު ވޯކްޝޮޕެއް ކުރިއަށްގެންދިޔަ އެވެ. އެ ވޯކްޝޮޕްތަކުގައި އެކި ސިއްހީ އެކި ދާއިރާތަކުގެ ޑޮކްޓަރުން ބައިވެރިވެވަޑައިގަތެވެ.

މިއަދުގެ ވޯކްޝޮޕްތައް ކުރިއަށްގެންދިޔައީ ޕްރޮފެސަރު ޕާސްކަލް ޖަބޫރް އާއި ޑރ. ކެނެތު ންވޯސޫ އާއި ޑރ. އަރްވިންދު ނަންދާ އެވެ. އެ ވޯކްޝޮޕްތައް ކުރިއަށްގެންދިޔައީ އޭޑީކޭގެ ކެތު ލެބު އަދި ހިތުގެ ފަރުވާ ދިނުމަށް ހާއްސަ ބައިގަ އެވެ.

ބްރެއިން/ސްޕައިން ކޮންފެރެންސްގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެއް: މި ހަރަކާތުގައި ދިރާސާ ކުރާ ފަރާތްތަކާއި ޑޮކްޓަރުން ދިމާވެ ވާހަކަ ދެއްކެވުމުގެ ފުރުސަތު ލިބޭނެ -- ފޮޓޯ: އޭޑީކޭ


މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ކުރިއަށްދާ އެ ކޮންފަރެންސްގައި ވޯކްޝޮޕްތަކުގެ އިތުރުން ވަގުތުން ދައްކާ ސާޖަރީތަކާއި ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ހަދާފައިވާ ދިރާސާތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުން ކުރިއަށްދާނެ އެވެ.

އެގޮތުން އެ ކޮންފެރެންސްގެ ތެރެއިން ވަރަށް ހާއްސަ ހަރަކާތެއްގެ ގޮތުގައި މާދަމާ ސާޖަރީއެއް ހަދާ މަންޒަރު ވަގުތުން ދުރަށް ދައްކާނެ އެވެ. މިއީ މައިބަދައިގަ ހަދާ ލެސް އިންވޭސިވް ސާޖަރީއެކެވެ. މާދަމާ ހެނދުނު 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ އެ ސާޖަރީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކް އާއި ވީޑިއޯ ކޮންފެރެންސިން ހިދުމަތް ޒޫމް މެދުވެރިކޮށް ބެލޭނެ އެވެ.