Advertisement

ޗައިނާގައި ކަރަންޓީން ކުރާ މީހުން ތިބި ބަހެއް ފުރޮޅާލައި 27 މަރު

19 ސެޕްޓެންބަރު 2022 - 07:34 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާ މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ. -- ފޮޓޯ: ގެޓީ


ޗައިނާގައި ކަރަންޓީން ކުރާ މީހުން ތިބި ބަހެއް ފުރޮޅާލައި 27 މަރު

19 ސެޕްޓެންބަރު 2022 - 07:34 0

ޗައިނާގައި ކޮވިޑް ކަރަންޓީން ފެސިލިޓީއަކަށް ދަތުރު ކުރަމުން ދިޔަ ބަހެއް ފުރޮޅާލައި 27 މީހުން މަރުވެ، 20 މީހުންނަށް އަނިޔާވެއްޖެ އެވެ.

ހުޅަނގު ދެކުނު ގުއިޒޫ ޕްރޮވިންސްގައި ހިނގި އެ ހާދިސާއާ ގުޅިގެން ސަރުކާރުގެ ޒީރޯ ކޮވިޑް ސިޔާސަތަށް އޮންލައިންކޮށް ފާޑުކިޔުން އަނެއްކާވެސް ވަނީ އިތުރުވެފަ އެވެ.

އެ ސިޔާސަތުގެ ދަށުން ގިނަ ބަޔަކު ކޮވިޑަށް ޓެސްޓުކޮށް، ކޮންޓެކްޓް ޓްރޭސްކޮށް، ކަރަންޓީން ކުރުމާ އެކު ލޮކްޑައުން ތަަންފީޒު ކުރެ އެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ބަސް ފުރޮޅާލަން މެދުވެރިވި ސަބަބު ސާފެއް ނޫނެވެ. ޗައިނާގެ ސޯޝަލް މީޑިއާގަައި ބައެއް ފަރާތްތަކުން އަންނަނީ ޒީރޯ ކޮވިޑް ސިޔާސަތު ނިންމާނީ ކޮން އިރަކުންތޯ ސުވާލު ކުރަމުންނެވެ.

އެހެން ގައުމުތަކާ ހިލާފަށް ޗައިނާއިން ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅުތަކަަށް ލުއިނުދޭތީ އިގްތިސާދު މަޑުޖެހި، އާއްމުންގެ ދިރިއުޅުމަށް ވަނީ ހުރަސްއެޅިފަ އެވެ.

ހާދިސާ ހިނގި ގުއިޒޫގައި މި ވަގުތު ކޭސްތައް އިތުރުވެފައިވާ އިރު، ހޮނިހިރު ދުވަހު އެ ތަނުން 712 ކޭސް ރިޕޯޓުކުރި އެވެ. އެއީ މުޅި ޗައިނާާއިން ރިޕޯޓު ކުރި ކޭސްތަކުގެ 70 ޕަސެންޓެވެ.