Advertisement

ސްޓޭޑިއަމް ކައިރިއަށް ހޮނު އަޅަން ފެށުމުން ލޭޑީ ގާގާގެ ޝޯ ހުއްޓާލަން ޖެހިއްޖެ

19 ސެޕްޓެންބަރު 2022 - 08:08 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ލޭޑީ ގާގާ ޝޯއެއްގެ ތެރެއިން. -- ފޮޓޯ: ގެޓީ


ސްޓޭޑިއަމް ކައިރިއަށް ހޮނު އަޅަން ފެށުމުން ލޭޑީ ގާގާގެ ޝޯ ހުއްޓާލަން ޖެހިއްޖެ

19 ސެޕްޓެންބަރު 2022 - 08:08 0

ލޭޑީ ގާގާގެ ކްރޯމެޓިކާ ބޯލް ޓުއާގެ އެންމެ ފަހު ޝޯގެ ތެރެއިން ފްލޮރިޑާގެ ސްޓޭޑިއަމް ކައިރިއަށް ވިދާ ގުގުރައި "ހޮޅު އެޅުމުގެ ތޫފާނެއް" އައުމުން ޝޯ ހުއްޓާލަން ޖެހިއްޖެ އެވެ.

ޝޯ ހުއްޓާލަން ޖެހުނީ ހާޑް ރޮކް ސްޓޭޑިއަމް ކައިރިއަށް ތޫފާން އައިސް، ޝޯ ބަލަން ގޮސް ތިބި މީހުންނަަށް ނުރައްކާ އޮތުމުންނެވެ. ހުއްޓާލި އިރު، ޝޯ އޮތީ ނިމެން ގާތްވެފަ އެވެ.

"ކުޑަ މިނެޓުކޮޅަކަށް ހުއްޓާލަން އެބަ ޖެހޭ. ހުރިހާ އެންމެން ވެސް ހަމަޖެހިގެން ސްޓޭޑިއަމްގެ ހިޔާކޮށްފައި އޮތް ސަރަހައްދަށް އަވަހަށް ވަދޭ،" ޝޯ ބަލަން ގޮސް ތިބި 65،000 މީހުން ކަައިރީ ލޭޑީ ގާގާ ބުންޏެވެ.

ލޭޑީ ގާގާ އުއްމީދުކޮށްގެން ހުރީ ކުޑައިރުކޮޅެއްގެ ތެރޭގައި ހޮނު އެޅުން ހުއްޓާލުމުން، އަލުން ޝޯ ކުރިއަށް ގެންދިޔުމަށެވެ. އެކަމަކު އެންމެ ފަހުން ޖެހުނީ ޝޯގެ ބާކީ އޮތް ބައި ކެންސަލް ކުރާށެވެ.

އޭނާ ވަނީ ފޭނުންގެ ކިބައިން މައާފަށް އެދި އިންސްޓަގްރާމްގައި ވީޑިއޯއެއް ޕޯސްޓުކޮށްފަ އެވެ.

"ޝޯ ފުރިހަމަ ކުރެވޭތޯ ވަރަށް ބެލިން. އެކަމަކު ވާރޭ ހުއްޓާލި އިރު ވެސް، ވިދާ ގުގުރުމެއް ނުހުއްޓި،" އޭނާ ބުންޏެވެ.

"އޯޑިއެންސް ނޫނީ ކްރޫ މެމްބަރަކަށް ކަމެއް ދިމާވި ނަމަ އަހަރެން ގޮތް ހުސްވާނެ."

ލޭޑީ ގާގާގެ ކްރޯމެޓިކާ ބޯލް ޓުއާ ފެށީ މިދިޔަ ޖުލައި މަހު ޖަރުމަނުގެ ޑުސެލްޑޯފުންނެވެ. އޭގެ ފަހުން ސްވިޑަން، ފްރާންސް، ނެދަލޭންޑްސް، އިނގިރޭސިވިލާތް ޖަޕާން އަދި އެމެރިކާގެ އެކި ސްޓޭޓްތަކުގައި ޝޯތައް ބޭއްވި އެވެ.