Advertisement

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އާ ދެކޮޅަށް ސުލޫކީ ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމައިފި

18 ސެޕްޓެންބަރު 2022 - 15:19 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އާ ދެކޮޅަށް ސުލޫކީ ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމައިފި

18 ސެޕްޓެންބަރު 2022 - 15:19 0

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އާ ދެކޮޅަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އަލީ އަބްދުﷲ އާ ދެކޮޅަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ޖޭއެސްސީން ވަނީ ނަސޭހަތް ދިނުމަށް ނިންމައި އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އަންގާފަ އެވެ.

ޖޭއެސްސީން ބުނީ ވަގުތީ އަމުރަކަށް އެދި ދައުވާކުރާ ފަރާތުން ހުށަހެޅުމުން އަޑު އެހުމެއް ބޭއްވުމަށްފަހު ވަގުތީ އަމުރާ މެދު ގޮތެއް ނުނިންމައި ބޭއްވުމަށްފަހު، "ވަގުތީ އަމުރާމެދު ނިންމިގޮތް" ނިންމާފައިވަނީ ވަގުތީ އަމުރަކާ މެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ މައްސަލައެއްގައި ގޮތެއް ނިންމުމަށް އެކަށީގެންވާ މިންވަރަށްވުރެ ގިނަ ދުވަހުން ކަމަށް ބެލެވޭ ކަމަށެވެ.

އަދި، "ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގައި ގާޒީ އަލީ އަބްދުﷲ ފަރުވާކުޑަކޮށްފައިވާ ކަމަށް ގަބޫލު ކުރެވޭ" ކަމަށް ޖޭއެސްސީން ބުނެ އެވެ.

އެއީ ފަނޑިޔާރުންގެ ގާނޫނާއި ސުލޫކީ މިންގަނޑާއި ހިލާފު އަމަލުތަކެއް ކަމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.