Advertisement

މަޝްހޫރު އިލްމުވެރިޔާ ބީއޭ ނަސީމް އަވަހާރަވެއްޖެ

18 ސެޕްޓެންބަރު 2022 - 08:01 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ނަސީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި: އިސްލާހީ މަސައްކަތުގައި އުޅުއްވީތީ އޭނާ ހައްޔަރުކޮށް ދައުވާއެއްނުކޮށް ޖަލުގައި ބެހެއްޓި -- ފޮޓޯ: ފައިލް


މަޝްހޫރު އިލްމުވެރިޔާ ބީއޭ ނަސީމް އަވަހާރަވެއްޖެ

18 ސެޕްޓެންބަރު 2022 - 08:01 0

މަޝްހޫރު އިލްމުވެރިޔާ އަދި އިސްލާހީ މަސައްކަތުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ޝެއިހު އާދަމް "ބީއޭ" ނަސީމް މިއަދު ފަތިހުގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.

ނަސީމް، 80، އަކީ ނުވަދިހައިގެ އަހަރުތަކުން ފެށިގެން ސިޔާސީ އަދި ދީނީ ގޮތުން ގައުމު އިސްލާހު ކުރެއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެއިރު އޭނާގެ މަސައްކަތުގެ ތެރެއިން ހައްޔަރުކޮށް ދައުވާ ކުރުމެއް ނެތި ޖަލުގައި ބެހެއްޓި އެވެ.

ފަހުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އުފެއްދުމުން އެ ޕާޓީއާ ގުޅިވަޑައިގެން އިސްލާހީ މަސައްކަތް ކުރިއަށްގެންދެވި އެވެ. އަދި ލިބުނު ހުރިހާ ފުރުސަތެއްގައި ދީނީ ނަސޭހަތް ދެއްވަމުން ގެންދެވި އެވެ.

އެމްޑީޕީ 2008 ވަނަ އަހަރު ވެރިކަމަށް އައިއިރު ބީއޭ ނަސީމަކީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ. ނޮވެމްބަރު، 2010 ގައި ނަސީމް އެމްޑީޕީން ވަކިވީ "އެއް މައްސަލައަށްވުރެ ގިނަ މައްސަލަ" ޕާޓީ ތެރޭގައި ހުރި ކަމަށް ވިދާޅުވުމަށްފަހު އެވެ.

އޭގެ ފަހުން ޖެނުއަރީ، 2013 ވަނަ އަހަރު ބީއޭ ނަސީމް ވަނީ އަދާލަތު ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. ނަމަވެސް ބަލިހާލަތު ހުރި ގޮތުން ސިޔާސީ ކަންކަމުގައި މާ ބުރަކޮށް ނޫޅުއްވަ އެވެ.

ބީއޭ ނަސީމަކީ ދީނީ ފޮތް ލިޔުއްވި ބޭފުޅެކެވެ. އޭނާގެ ފޮތްތަކުގެ ތެރޭގައި "އުލޫމުލް ހަދީސް" އާއި "ގިޔާމަތް ދުވަސް" އާއި "ދުނިޔެ ނިމުމާއި އާހިރަތުގެ ފެށުން" އާއި "މުސްލިމް އަންހެނުން ހެދުން" އާއި "ސުނާމީއާ ގުޅިފައިވާ ފުން ހިމާތަ" ފާހަގަކޮށްލެވެ އެވެ.