Advertisement

އީޓް އޭން އެޕަލް ޑޭ ފާހަގަކުރަން އެސްޓީއޯއިން މިއަދު ހިލޭ އާފަލު ބަހަނީ

17 ސެޕްޓެންބަރު 2022 - 15:56 0

މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ "އީޓް އޭން އެޕަލް ޑޭ" ދުވަސް; މި ދުވަސް ފާހަގަކުރަނީ ކޮންމެ ސެޕްޓެމްބަރު މަހެއްގެ ތިން ވަނަ ހޮނިހިރުގައި-- ފޮޓޯ: ގެޓީ އިމޭޖަސް


އީޓް އޭން އެޕަލް ޑޭ ފާހަގަކުރަން އެސްޓީއޯއިން މިއަދު ހިލޭ އާފަލު ބަހަނީ

17 ސެޕްޓެންބަރު 2022 - 15:56 0

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ "އީޓް އެން އެޕަލް ޑޭ" ފާހަގަކުރުމުގެ ގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ހިލޭ އާފަލު ބެހުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންދަން ނިންމައިފި އެވެ.

އާފަލު ކާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ ސެޕްޓެމްބަރު މަހެއްގެ ތިން ވަނަ ހޮނިހިރު ދުވަހު އެވެ. މި އަހަރު މި ދުވަސް ދިމާވަނީ މިއަދާ އެވެ.

އެސްޓީއޯއިން ބުނީ އާފަލު ކާ ދުވަސް ފާހަގަކުރުމަށް ހިންގާ މި ހަރަކާތް ކުރިއަށް ދާނީ މިއަދު ހަވީރު އެސްޓީއޯ ޕާކުގައި ކަމަށެވެ. ހަވީރު ހަތަރަކުން އިރުއޮއްސި ހަޔަކަށް ކުރިއަށް ގެންދާ މި ހަރަކާތުގެ ބޭނުމަކީ ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުމަށް ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯ ޕާކަކީ އެސްޓީއޯ ހެޑް އޮފީހުގެ އުތުރުން އޮންނަ ވެސްޓު ޕާކު ސަރަހައްދުގައި އެސްޓީއޯއިން ގާއިމް ކޮށްފައިވާ ޕާކެކެވެ. އެ ކުންފުނިން ބަލަހައްޓަމުން ގެންދާ ޕާކުގައި ކަސްރަތު ކުރެވޭ ވަސީލަތްތައް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

އެސްޓީޢޯ ޕީޕަލްސް ޗޮއިސްއިން އަންނަނީ އެކި ބްރޭންޑުތަކުގެ އާފަލު ވިއްކަމުންނެވެ. އޭގެ ތެރޭގައި ޕިންކް ލޭޑީ، ކުއީން އެޕަލް، ޕްރިންސް، ރޯޔަލް ބިއުޓީ، ރޯޔަލް އަދި ގްރީން ފަދަ އެކި ބާވަތުގެ އާފަލު ހިމެނެ އެވެ.

އާފަލަކީ ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރުކޮށްދޭ މޭވާއެކެވެ. ހަށިގަނޑަށް ފައިދާ ހުރި ބެކްޓީރިއާ ގިނަ އަދަދަކަށް އެކުލެވޭއިރު، އެކި ބާވަތުގެ ކެންސަރު ޖެހުމުން ދުރުކޮށްދޭ މާއްދާތައް ވެސް އާފަލުގައި އެކުލެވެ އެވެ. އަދި އުމުރުން ދުވަސް ވުމުން ހަށިގަނޑުގެ ކަށިތަކުގެ ބާރު ދެރަވާ ދެރަވުމުން ވެސް އާފަލުން ދުރުކޮށްދެ އެވެ.