Advertisement

ހިޔާ ފްލެޓުގައި މިފްކޯގެ ފިހާރައެއް ހުޅުވައިފި

16 ސެޕްޓެންބަރު 2022 - 06:55 0

މިފްކޯގެ މަސް ފިހާރަ ކުންފުނީގެ ޗެއާމަން ހުސައިން އަމްރާއި، ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ހުޅުވައި ދެއްވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ހިޔާ ފްލެޓުގައި މިފްކޯގެ ފިހާރައެއް ހުޅުވައިފި

16 ސެޕްޓެންބަރު 2022 - 06:55 0

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ފިހާރައެއް ހިޔާ ފްލްޓުގެ ދެ ވަނަ ޓަވަރުގައި ރޭ ހުޅުވައިފި އެވެ.

ފިހާރަ ހުޅުވުމުގެ ހަފުލާ ކުރިއަށް ގެންދިޔައީ ބޮޑު ބެރާއި މިފްކޯގެ ޕްރޮޑަކްޓްތަކުގެ ރަހަ ބެލުމާއެކު އެވެ.

ފިހާރަ ހުޅުވައި ދެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އާއި މިފްކޯގެ ޗެއާމަން ހުސެން އަމްރު އެވެ.

މިފްކޯގެ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ޗެއާމަން އަމްރު ބައެއް އުފެއްދުންތައް ބައްލަވާލައްވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މިފްކޯއިން ބުނި ގޮތުގައި މި ފިހާރަ ހުޅުވީ ހިޔާ ފްލެޓުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނާތީ، އެ ފަރާތްތަކަށް އެންމެ ހެޔޮ އަގުގައި، އަދި ލުއި ފަސޭހަކަމާއެކު މިފްކޯގެ އުފެއްދުންތައް ފޯރުކޮށް ދިނުމަށެވެ.

"މިފްކޯ އަކީ ރައްޔިތުންނާ ވަރަށް ގާތުން މަސްއަކަތްކުރަމުންދާ ކުންފުންޏަކަށްވެފައި މި ފިހާރަ ވެގެންދާނީ މިފްކޯގެ ހިދުމަތްތަކަށް ލިބުނު އިތުރު ކުރިއެރުމަކަށް،" އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ މިފްކޯގެ ޗެއާމަން، އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވި އެވެ.

މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ މިފްކޯގެ އާ އުފެއްދުންތައް މިހާރު ވެސް އަންނަން އެބަ ހުރި ކަމަށާއި ބައެއް އުފެއްދުންތައް ކައިރި މުސްތަގުބަލެއްގައި މާކެޓަށް ނެރޭނެ ކަމަށެވެ.

ހިޔާ ފްލެޓުގައި ހުޅުވި މިފްކޯގެ ފިހާރައާއެކު މާލޭ ސަރަހައްދުގައި މިފްކޯގެ ހަތަރު ފިހާރަ ހުރެ އެވެ.

މި ފިހާރަ ވެސް ހެނދުނު 8:30 އިން ފެށިގެން ރޭގަނޑު 10:00 އަށް ހުޅުވާފައި ހުންނާނެ އެވެ.