Advertisement

އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ޕީއެންބީގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

14 ސެޕްޓެންބަރު 2022 - 07:32 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރެޕް ލަވަކިޔުންތެރިޔާ ޕީއެންބީ.


އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ޕީއެންބީގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

14 ސެޕްޓެންބަރު 2022 - 07:32 0

އެމެރިކާގެ ލޮސް އެންޖެލެސްގެ ރެސްޓޯރެންޓެއްގައި ހިނގި ވައްކަމެއްގައި ރެޕް ލަވަަކިޔުންތެރިޔާ ޕީއެންބީގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

އުމުރުން 30 އަހަރުގެ ލަވަކިޔުންތެރިޔާ އާއި އޭނާގެ ލޯބިވެރިޔާ އެކުގައި ތިއްބާ ބަޑި ހިފައިގެން އައި މީހަކު ގަހަނާއަށް ޑިމާންޑް ކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފުލުހުން ބުނީ ޕީއެންބީގެ ގަޔަށް ގިނަ ވަޒަން އަރާފައިވާ ކަމަށެވެ. އޭނާ މަރުވީ ހާދިސާ ހިނގިތާ 45 މިނެޓް ފަހުން ހޮސްޕިޓަލުގަ އެވެ.

އެ ހާދިސާއާ ގުޅިގެން އަދި ތުހުމަތު ކުރެވޭ މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ބުނީ ތުހުމަތު ކުރެވޭ މީހާ ބަޑި ޖެހުމަށް ފަހު ފިލީ ޕީއެންބީގެ ގަހަނާތައް ހިފައިގެން ކަމަށެވެ.

ޕީއެންބީގެ އަސްލު ނަމަކީ ރަކީމް ހާޝިމް އެލެން އެވެ. އޭނާ މަޝްހޫރުވީ 2016 ވަނަ އަހަރުގެ ހިޓް ލަވަ "ސެލްފިޝް" އިންނެވެ. އޭނާ ވަނީ އެޑް ޝީރަން ފަދަ ތަަރިންނާ އެކު މަސައްކަތް ކޮށްފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ރެޕް ލަވަކިޔުންތެރިޔާ ޕޮޕް ސްމޯކް ވެސް މަރުވީ ވަައްކަަމެއްގެ ތެރެއިންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ހޮލީވުޑް ހިލްސްގައި އޭނާ ދިރިއުޅޭ ގެ ހާމަވީ ސޯޝަލް މީޑިއާ ޕޯސްޓަކުންނެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން ޕީއެންބީ އާއި އޭނާގެ ލޯބިވެރިޔާ ތިބި ރެސްޓޯރެންޓު ވެސް ހާމަވީ އިންސްޓަގްރާމްގައި އާއްމުކުރި ފޮޓޯއަކުންނެވެ.