Advertisement

އަކްޝޭގެ އިޝްތިހާރަކަށް ފާޑުކިޔުން އަމާޒުވެއްޖެ

13 ސެޕްޓެންބަރު 2022 - 16:42 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޝްތިހާރުގެ ސްކްރީންޝޮޓެއް.


އަކްޝޭގެ އިޝްތިހާރަކަށް ފާޑުކިޔުން އަމާޒުވެއްޖެ

13 ސެޕްޓެންބަރު 2022 - 16:42 0

ބޮލީވުޑްގެ އެކްޓަަރު އަކްޝޭ ކުމާރް އިންޑިއާ ސަރުކާރަށް ކުޅެދިން އިޝްތިހާރެއްގައި "ޑައުރީ" ޕްރޮމޯޓް ކުރާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ނިތިން ގަދްކާރީ ޓްވީޓް ކުރި އިޝްތިހާރުގެ ބޭނުމަކީ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމެވެ.

އިޝްތިހާރުން ފެންނަނީ ބައްޕައަކު އޭނާގެ އަންހެން ދަރިފުޅު ކައިވެނި ކުރުމުން، ދެ އެއާބޭގް ހިމެނޭ ކާރެއްގައި ފިރިމީހާއާ އެކު ފޮނުވާލާ މަންޒަރެވެ.

އެ އިޝްތިހާރުން ހޭލުންތެރިކަން އިތުރުވާ ކަމަށް ބައެއް ފަރާތްތަކުން ބުނި، ނަމަވެސް އެއީ "ޑައުރީ" ޕްރޮމޯޓް ކުރާ އިޝްތިހާރެއް ކަމަށް ވެސް ބަައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެގޮތުން އިޝްތިހާރުގައި ފެންނަ ކާރަކީ ކައިވެނި ކުރި އަންހެން މީހާގެ ބައްޕަގެ ފަރާތުން ކައިވެނި ކުރި ފިރިހެން މީހާގެ އާއިލާއަށް ދިން އެއްޗެއްގެ ގޮތުގައި ސިފަވާ ކަމަށް އެ މީހުން ބުނެ އެވެ.

"ޑަައުރީ" ނުވަތަ ކައިވެނި ކުރާ އަންހެން މީހާގެ އާއިލާގެ ފަރާތުން ފިރިހެން މީހާގެ އާއިލާއަށް ފަައިސާ އާއި ކާރާއި، އަގުހުރި އަންނައުނާއި، ޖަވާހިރާއި ގަހަނާ ދިނުމަކީ ދެކުނު އޭޝިއާގެ ބައެއް ގައުމުތަކުގައި އޮންނަ ޒަމާންވީ އާދައެކެވެ.

އެއީ އިންޑިއާގައި އަދަބު ކަނޑައެޅިފައިވާ ކުށެކެވެ. އެހެން ނަމަވެސް، އެ އާދަކާދައާ އެއް ގޮތަށް އަދިވެސް ގިނަ ބަޔަކު ދަނީ އަމަލު ކުރަމުންނެވެ.

އިންޑިއާގައި "ޑައުރީ" މަނާކުރީ 1961 ގަ އެވެ. އެކަމަކު މިދިޔަ އަހަރު ހެދި ދިރާސާއަކުން ދެއްކު ގޮތުގައި އެ ގައުމުގައި ކުރާ 95 ޕަަސެންޓް ކައިވެނީގައި ޑައުރީ ހިމެނެ އެވެ.