Advertisement

އެމްޑީޕީގެ ކޯޅުން ގާސިމް ސިފަކުރެއްވީ "ޑްރާމާ" އެއް ގޮތަށް

13 ސެޕްޓެންބަރު 2022 - 08:45 0

އަމަން ހަލީމް

އަމަން ހަލީމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް: ގާސިމް ވިދާޅުވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންވާނީ ރައީސް ސޯލިހުއަށް ކަމަށް. -- ފޮޓޯ: ރައީސް އޮފީސް


އެމްޑީޕީގެ ކޯޅުން ގާސިމް ސިފަކުރެއްވީ "ޑްރާމާ" އެއް ގޮތަށް

13 ސެޕްޓެންބަރު 2022 - 08:45 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ ދެމެދުގައި އޮތް ވާދަވެރިކަމަކީ "ސިޔާސީ ޑްރާމާ" އެއް ކަމަށާއި އެއީ ހަގީގަތެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"ރާއްޖެ ޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް މިހެން ވިދާޅުވީ ޕާޓީ ވާދަވެރިކަމުގެ ތެރެއިން އެމްޑީޕީ ރޫޅިދާނެތޯ ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އެ ސުވާލުގެ ޖަވާބުގައި ގާސިމް ވިދާޅުވީ އެމްޑީޕީ ރޫޅިގެން ނުދާނެ ކަމަށާއި ރައީސް ސޯލިހު އާއި ނަޝީދާ އެ ކުޅެނީ ޝޯއެއް ކަމަށެވެ.

"އެއީ ސިޔާސީ ޑްރާމާއަކަށް ވުރެ ވެސް ބޮޑު ޑްރާމާއެއް"

މިހެން ގަބޫލުކުރައްވާ ސަބަބު ތަފްސީލުކޮށްދެއްވަމުން ގާސިމް ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ގެއްލިގެން ދިޔުމަކީ އެއިން އެއްވެސް ބޭފުޅަކަށް "އެފޯޑު" ކުރެވޭނެ ކަމަށް ނޫން ކަމަށެވެ. އަދި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ތެރެއިން ދެ ބޭފުޅުން ސުލުހަވެ، އެއް ގަލަކަށް އަރައިވަޑައިގަންނަވާނެ ކަމަށް ވަރަށް ޔަގީންކަމާ އެކު އޭނާ ވިދާޅުވި އެވެ.

"ކޮންމެ ވާހަކައެއް، ކޮންމެ ދަޅައެއް ދެއްކިޔަސް، [އިންތިހާބުގެ] މާކުރިން އެއްގަލަށް އަރާނެ،" ގާސިމް ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަމުގެ މައުލޫއަށް އިތުރަށް ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނީ ރައީސް ސޯލިހަށެވެ. ސަބަބަކީ މިހާރު ވެރިކަމުގައި ހުންނެވީ އެ މަނިކުފާނު ކަމުގައިވާތީ އެވެ.

މިއާ ވިދިގެން އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކީ ކޯލިޝަން ހަދާފާނެތޯ ސުވާލު ކުރުމުން ގާސިމް ވިދާޅުވީ، އެކަމާ ގޮތެއް ނުނިންމާ ކަމަށާއި މިހާތަނަށް އެއްވެސް ބަޔަކާ އެކީ ކޯލިޝަން ހަދަން މަޝްވަރާ ނުކުރާ ކަމަށް ވިދާޅުވި އެވެ.

މާޒީއަށް ބަލާއިރު ކޯލިޝަނެއް ނެތި ކާމިޔާބި ވެފައި ނެތް ކަމުން، ކުރިޔަށް އޮތް ތަނުގައި ވުން ގާތީ ކޯލިޝަނަކަށް ދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.