Advertisement

މިދިޔަ މަހު ޕީޖީއަށް 271 މައްސަލަ، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް

12 ސެޕްޓެންބަރު 2022 - 18:44 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޕީޖީ ޝަމީމާއި އެސީޕީ ރިޔާޒު އަދި ސީޕީ ހަމީދު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި--- ފޮޓޯ: އަދަދު


މިދިޔަ މަހު ޕީޖީއަށް 271 މައްސަލަ، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް

12 ސެޕްޓެންބަރު 2022 - 18:44 0

ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް ކަމަށް އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޕީޖީ އޮފީހުން އާއްމުކުރި ތަފާތު ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ އޮފީހަށް ތަހުގީގު އެކި އިދާރާތަކުން ޖުމްލަ 271 މައްސަލައިއެއްގައި ދައުވާކުރުމަށް ވަނީ ފޮނުވާފަ އެވެ.

އޭގެ ތެރެއިން 57 މައްސަލައެއްގައި ދައުވާ ނުކުރަން ނިންމާފައއި ވާއިރު 138 މައްސަލައެއް އިތުރު މައުލޫމާތު ސާފުކުރަން ވަނީ އަނބުރާ ފޮނުވާލާފަ އެވެ. އަދި، ބަލައިގަތީ 76 މައްސަލަ އެވެ.

އެ މައްސަލަތަކުގެ ތެރެއިން ޑްރަގް ކޯޓުން މައްސަލަތައް ނިންމި ގޮތައް ބަލާއިރު ޝަރުތަކާ ނުލާ 33 ޕަސެންޓު މައްސަލަތައް ވަނީ ނިންމާފަ އެވެ. ފުރަތަމަ ހުކުމުގައި 55 ޕަސެންޓު މައްސަލަ އޮތްއިރު ފަރުވާއިން ވަކިކޮށްފައި އަށް ޕަސެންޓު މައްސަލަ އެބައޮތެވެ. މީގެ އިތުރުން ދެ ޕަސެންޓު މައްސަލަތައް ވަނީ ފަހު ހުކުމުގައި ޝަރުތަކާ އެކު ނިންމާފަ އެވެ.

ޑްރަގް ކޯޓު ފިޔަވާ އެހެން ކޯޓުތަކުން ނިންމި މައްސަލަތަކުގެ ތެރެއިން 98 ޕަސެންޓު މައްސަލައިގައި ހުކުމް ކުރީ ކުށް ސާބިތުވާ ކަމަށެވެ. އެއީ ހުކުމްކުރި މައްސަލަތަކުގެ ތެރެއިން 67 ޕަސެންޓެވެ. އަދި، މިދިޔަ މަހު ހުކުމްކުރި މައްސަލަތަކުގެ ތެރެއިން 36 މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ކޯޓުތަކުން ހުކުމްކުރިއިރު އެއީ ހުކުމްކުރި މައްސަލަތަގެ 25 އިންސައްތަ އެވެ. މީގެ އިތުރުން ޕީޖީ އޮފީހުން ދައުވާ ކުރި މައްސަލަތަކުގެ ތެރެއިން 11 މައްސަލައެއް މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށް ކޯޓުން ކަނޑައަޅާފައިވެ އެވެ.

ޖިނާއީ ތަހުގީގު ނިންމައި ދައުވާކޮށްދޭން އިދާރާތަކުން ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން ފުލުހުން ވަނީ 268 މައްސަލަ ފޮނުވާފަ އެވެ. ކަސްޓަމުން ދެ މައްސަލަ ހުށަހަޅާފައި ވާއިރު އޭސީސީއިން މިދިޔަ މަހު ފޮނުވާފައިވަނީ އެންމެ މައްސަލައެކެވެ.