Advertisement

އިޒްރޭލަށް ހަމަލާ ދޭން ހާއްސަ ޑްރޯންއެއް އިރާނުން އުފައްދައިފި

12 ސެޕްޓެންބަރު 2022 - 23:43 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުން އިޒްރޭލަށް ހަމަލާ ދޭން އުފެއްދީ އާރާޝް-2 ޑްރޯން.


އިޒްރޭލަށް ހަމަލާ ދޭން ހާއްސަ ޑްރޯންއެއް އިރާނުން އުފައްދައިފި

12 ސެޕްޓެންބަރު 2022 - 23:43 0

އިޒްރޭލުގެ ތެލް އަވީވް އަދި ހައިފާ ސިޓީއަށް ޓާގެޓް ކުރުމަށް ހާއްސަ އާރާޝް-2 ޑްރޯން އިރާނުން އުފައްދައިފި އެވެ.

"އަޅުގަނޑުމެއް މި ޑްރޯން ޑިޒައިން ކުރީ ހައިފާ އާއި ތެލް އަވީވްއަށް ހާއްސަކޮށް. މިއީ އެ މަސަައްކަތަށް އުފެއްދި މުޅިން އާ ޑްރޯންއެއް،" އިރާން ސިފައިންގެ އިސް އޮފިސަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޑްރޯންގެ ގާބިލްކަން އާއްމު ކުރާނީ މުސްތަގްބަލުގައި ބާއްވާ ތަމްރީންތަކުގައި ކަމަށެވެ.

އިޒްރޭލަކީ ދައުލަތެއްގެ ގޮތުގައި އިރާނުން ނުދެކެ އެވެ. ތެލް އަވީވް އާއި ހައިފާއަށް ހަމަލާދޭނެކަމުގެ އިންޒާރު މީގެ ކުރިން އިރާނުގެ އަސްކަރީ ކޮމާންޑަރުން ތަކުރާރުކޮށް ދީފައިވެ އެވެ.

ސިއްރުން އެކި ހަމަލާ ދިނުމަށް އިރާނުން ޑްރޯން ބޭނުން ކުރާ ކަމަށް އެމެރިކާއިން ތުހުމަަތު ކުރެ އެވެ. އިރާނުން ދާދި ފަހުން ވަނީ ރަޝިއާއަށް ވެސް ޑްރޯން ސަޕްލައިކޮށްދީފަ އެވެ.