Advertisement

ލޮކްޑައުންތަކާ ހެދި ޗައިނާގައި ބައެއް އާއްމުންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވަނީ

12 ސެޕްޓެންބަރު 2022 - 19:44 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗެންގްޑޫ ލޮކްޑައުން ކުރުމުގެ ކުރިން ކާބޯތަކެތި ގަންނަން ކިޔު ހަދާފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް


ލޮކްޑައުންތަކާ ހެދި ޗައިނާގައި ބައެއް އާއްމުންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވަނީ

12 ސެޕްޓެންބަރު 2022 - 19:44 0

ޗައިނާގައި ލޮކްޑައުންކޮށްފައިވާ ހިސާބުތަަކުގައި ދިރިއުޅޭ މީހުންނަށް ކާބޯތަކެއްޗާއި ޒަރޫރީ އެހެނިހެން ތަކެތީގެ ދަތިކަމާ ކުރިމަތިވަމުން އެބަދެ އެވެ.

ޗައިނާގެ 30 ސަރަހައްދެއްގަައި އެތައް މިލިއަން ބަޔަކު މި ވަގުތު ތިބީ ލޮކްޑައުންގަ އެވެ. ބައެއް ހިސާބުތަކުގައި ގެއިން ނިކުތުން އެއްކޮށް މަނާ އެވެ.

ގިނަ ލޮކްޑައުންތަކާ އެކު ކަމާ ބެހޭ އިދާރާތަކުން މަސައްކަތް ކުރަަނީ އޮކްޓޯބަރު މަހު އޮންނަ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގެ ކުރިން ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށެވެ.

ޗައިނާގެ ޒީރޯ ކޮވިޑް ސިޔާސަތުގެ ދަށުން ސިޓީއަކުން އެންމެ ކޭސްއެއް ފެނުނު ނަމަަވެސް، ހަރުކަށި ފިޔަވަޅުތައް ތަންފީޒު ކުރެ އެވެ. ހޯމަ ދުވަހު މުޅި ޗައިނާއިން ރިޕޯޓު ކުރީ 949 ކޭސް އެވެ.

އެހެން ގައުމުތަކާ ހިލާފަށް ޗައިނާާގައި ފިޔަވަޅުތަކަށް ލުއިދެމުން ނުދާ އިރު، ދޭތެރެ ދޭތެރެއިން އާއްމުން އެކަމާ ނުރުހުން ފާޅުކޮށް މުޒާހަރާ ކުރެ އެވެ.

މިހާރު ބައެއް މީހުން ސޯޝަލް މީޑިއާގައި އާއްމު ކުރަމުންދާ ޕޯސްޓުތަކުގައި ބުނަނީ ގޭގައި ތިބެން ޖެހުމުގެ ސަބަބުން ކާބޯތަކެތި ހުސްވެ، ދިރިއުޅުމަށް ދަތިވެފައިވާ ކަމަށެވެ.

ދާދި ފަހުން ޗައިނާއަަށް އައި ބިންހެލުމެއްގެ ވީޑިއޯތައް އާއްމުވި އިރު ވެސް، ލޮކްޑައުންކޮށްފައި ތިބި މީހުންނަށް އިމާރާތްތަކުން ނުނިކުމެވިގެން އުޅުނު މަންޒަރު ފެނުނެވެ.

ކޮވިޑް ބަލިމަޑުކަން ފެށުނު ފަހުން ޗައިނާާއިން އެ ބަލީގައި މަރުވެފައި ވަނީ 15،000 އެއްހާ މީހުން ކަމަަށް ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުން ދައްކަ އެވެ.