Advertisement

އަވަސް އަވަހަށް ލޯކަލް ކައުންސިލް ބައި-އިލެކްޝަންތައް ބާއްވަން ނުޖެހޭ ގޮތް ހަދަނީ

12 ސެޕްޓެންބަރު 2022 - 09:52 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ލޯކަލް ކައުންސިލް ބައި-އިލެކްޝަނެއްގެ ތެރެއިން--


އަވަސް އަވަހަށް ލޯކަލް ކައުންސިލް ބައި-އިލެކްޝަންތައް ބާއްވަން ނުޖެހޭ ގޮތް ހަދަނީ

12 ސެޕްޓެންބަރު 2022 - 09:52 0

ރަށްރަށުގެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ގިނަވެ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބަޖެޓަށް ބުރަވާތީ، އެކަން ހައްލުކުރުމަށް ގާނޫނުތަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ދެ ބިލެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވައިފަ އެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުالله ޝަފީގު ހުށަހެޅުއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ބަދަލު ގެނައުމުގެ ބިލުގައިވާ ގޮތުން ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންތައް ބާއްވަން ވާނީ އަހަރަކު އެއް ފަހަރު އެވެ.

އެގޮތުން ބާއްވާ ދެ ބައި-އިލެކްޝަންގެ ދެމެދުގައި ހޭދަވާ މުއްދަތު 300 ދުވަހަށް ވުރެ މަދު ވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް ސްޕޮންސާ ކުރައްވާފައިވަނީ މެންބަރު މުހައްމަދު ޢަބްދުالله ޝަފީގެވެ.

އެ ބިލުގައިވާ ގޮތުން ކައުންސިލެއްގެ ގޮނޑިއެއް ހުސްވާއިރު، ކައުންސިލްގެ އުމުރުގައި ބާކީ އޮތީ އަހަރަކަށް ވުރެ މަދު ދުވަސްކޮޅެއްނަމަ ބައި-އިލެކްޝަނެއް ބޭއްވުން ލާޒިމެއް ނޫނެވެ.

އެހެންނަމަވެސް ގޮނޑިއެއް ހުސްވެ، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާ ނަމަ އެ ހުސްވި ގޮނޑިއަށް 60 ދުވަހުގެ ތެރޭގައި މެންބަރުން އިންތިހާބު ކުރަން ވާނެ ކަމަށް ބުނެފައިވެ އެވެ.

ގާނޫނުތައް މި ގޮތަށް އިސްލާހުކުރަން ހުށަހަޅާފައިމިވަނީ، ހާއްސަކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާ ދިނުން އާންމުވެ، ބައި-އިލެކްޝަންތައް ބޭއްވުން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މިގޮތުން، މިދިޔަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ 11 ބައި އިލެކްޝަން އަދި މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 20 ބައި އިލެކްޝަން ވަނީ ބާއްވަންޖެހިފަ އެވެ.

އިންތިހާބުތަކަށް އީސީއަށް 1.5 މިލިއަން ރުފިޔާގެ ބަޖެޓަށް ކަނޑައެޅިފައިވާއިރު، އަންހެނުންގެ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް ބާއްވައިގެން މި އަހަރު މިހާތަނަށް 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.