Advertisement

ސިމްޑީން ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިންގެ ހިދުމަތް ފަށަނީ

8 ސެޕްޓެންބަރު 2022 - 13:55 0

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ދިޔަ ޕްރައިވެޓް ޖެޓެއް: މި އެއާލައިނަކީ އެންމެ މަތީ ފަންތީގެ ދަތުރުވެރިންނަށް އަމާޒުކޮށްގެން ފަށާ ހިދުމަތެއް. -- ފޮޓޯ: އަދަދު ފައިލް


ސިމްޑީން ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިންގެ ހިދުމަތް ފަށަނީ

8 ސެޕްޓެންބަރު 2022 - 13:55 0

ދިވެހި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ސިމްޑީ ގްރޫޕުން ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން ހިދުމަތް ފެށުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޔޫއޭއީގެ އަރަބޭސްކްއާ ގުޅިގެން ސިމްޑީން ފަށާ މި އެއާލައިނަކީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން، އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި ފަށާފައިވާ މަސައްކަތެކެވެ. އަރަބޭސްކަކީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން އުފައްދާފައިވާ އިންވެސްޓްމަންޓް ކުންފުންޏެކެވެ.

އެއާލައިން ހިދުމަތް ފެށުމާ ގުޅޭގޮތުން އަރަބޭސްކުގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވީ މި ހިދުމަތް ފެށުމުގެ ގޮތުން ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އަދި މިކަމުގައި ސަރުކާރުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެކަމަށްޓަކައި އޭނާ ދިވެހި ސަރުކާރަށް ޝުކުރުއަދާކުރެއްވި އެވެ.

އެއާލައިން ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، އަދި މި ހިދުމަތް ފެށޭނެ ތާރީހަކާއި ބޭނުންކުރާ އެއާކްރާފްޓުތަކުގެ މައުލޫމާތެއް ނުލިބެ އެވެ.

ސިމްޑީން ބުނީ އެ ތަފުސީލުތައް ފަހުން ހިއްސާކުރާނެ ކަމަށެވެ.