Advertisement

އެސްޑީއެފްސީގެ އެހީއާއެކު ރެއިން ޓްރީ ގްރޫޕްގެ ކާމިޔާބީ

16 ސެޕްޓެންބަރު 2022 - 13:45 0

ރެއިން ޓްރީ އިން ހިންގާ އެއް އައުޓްލެޓް، ދަ ބޭކާސް. އެސްޑީއެފްސީގެ އެހީއަކީ އެކުންފުނީގެ ކާމިޔާބީގެ ފެށުން - ފޮޓޯ: އަބްދުالله އިޔާން / އަދަދު


އެސްޑީއެފްސީގެ އެހީއާއެކު ރެއިން ޓްރީ ގްރޫޕްގެ ކާމިޔާބީ

16 ސެޕްޓެންބަރު 2022 - 13:45 0

ރެއިންޓްރީ ގްރޫޕަކީ 2017 ވަނަ އަހަރު އެންމެ ކެފޭއަކާ އެކު ވިޔަފާރީގެ ތެރެއަށް ވަތް ކުންފުންޏެކެވެ. އެއީ, ރެއިން ޓްރީ ގްރޫޕްގެ ބާނީ މުހައްމަދު އަޒްލީމް، ކަސްޓަމާ ސާވިސްގެ ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ހޯއްދެވި ތަޖުރިބާއާ، ކެއިންބުއިމުގެ ހިދުމަތަށް އޭނާގެ ހުރި ޝައުގުވެރިކަން އެއްކުރައްވައިގެން ނެރުއްވި ނަތީޖާ އެކެވެ.

އެކަމަކު، ފަސް ވަރަކަށް އަހަރުވީއިރު، މި ނަތީޖާއެއް ދެގުނަ ވެ، މި ރެއިން ޓްރީއެއްގެ "މޫތައް" ލުހެނުލެވޭ ވަރަށް ވަރުގަދަވެ ފެތުރިގެން ދިއުމުގައި އޮތީ އަޒްލީމާއި ޓީމުގެ ހިކުމަތްތެރިކަން އެކަންޏެއް ނޫނެވެ. ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރިއަރުވަން މާލީ އެހީދޭ އެސްޑީއެފްސީގެ އެހީ އާއި މަދަދުވެރިކަން އޭގެ ބޮޑު ބައެއްގައި ހިމެނެ އެވެ.

ރެއިންޓްރީ ގްރޫޕްގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން ހަސަން ޖަލާލު ވިދާޅުވި ގޮތުގައި ރެއިންޓްރީގެ ފުރަތަމަ ކެފޭ ހުޅުވީ ތަފާތު ގިނަ ގޮތްގޮތުން ފައިނޭންސް ހޯދައިގެންނެވެ.

އެ ކެފޭގެ ކާމިޔާބީއާ އެކު ވިޔަފާރި އިތުރަށް ފުޅާކުރަން ނިންމި ނަމަވެސް އެކަން ހަގީގަތަކަށްވީ، 2019ވަނަ އަހަރު އެސްޑީއެފްސީ އުފެދި، އެ އިދާރާގެ އެހީތެރިކަން ލިބުމުންނެވެ.

"އަޅުގަނޑުމެން ތިބީ އެކްސްޕެންޝަނަކަށް ބޭނުންވެފައި. އޭރު ފުދޭވަރަކަށް ރަނގަޅު ހިސާބަކަށް އައިސްފައި ތިބެވުނީމައާ ވެސް އެކު. އެހެން ނަމަވެސް ވިފަޔާރި ފުޅާކުރުމަށް އިތުރު ފައިސާއަށް އޮތީ ބޭނުންޖެހިފައި. އެފައިސާ ހޯދޭނެ ގޮތެއް ނެތިފައި ހުއްޓާ އެސްޑީއެފްސީ ވުޖޫދުވެގެން އައީ،" ޖަލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެސްޑީއެފްސީގެ އެހީތެރިކަން ލިބުނު ހިސާބުން ރެއިން ޓްރީގެ ވިޔަފާރި ވަރަށް ބޮޑުތަނުން ފުޅާކުރެވުނެވެ. "ދަ ބޭކާސް"ގެ ނަމުގައި މިހާރު ހިންގަމުން އަންނަ އައުޓްލެޓަކީ ވެސް ޖަލާލު ވިދާޅުވި ގޮތުގައި އެސްޑީއެފްސީން ފައިސާ ލިބިގެން ވިޔަފާރި ފުޅާކުރުުމުގެ ތެރެއިން އުފެއްދި ތަނެކެވެ.

"ބޭކަރީ އަކީ ވެސް ހަމަ އަޒްލީމްގެ ވަރަށް ބޮޑު ވިޝަން އެއް ކުރިއްސުރެ، ވަރަށް ބޮޑަށް ޕޭސްޓްރީ ތެރެއަށް ވަންނަން ބޭނުންވެފައި ހުރީ. ހުއްޓާ މިބުނާހެން ތަންކޮޅެއް ފަސޭހަ ގޮތަކަށް ވިޔަފާރި ފުޅާ ކުރަން ވެގެން ފައިނޭންސްކުރެވޭނެ ގޮތްތަކެއް، [އެސްޑީއެފްސީގެ ތެރެއިން] ހަމަޖެހިގެން ދިޔަތަން މި ފެނުނީ،" މޯލްޑިވްސް ބިޒްނަސް ނެޓްވޯކަށް ދެއްވި އިންޓަވިއުއެއްގައި ޖަލާލް ވިދާޅުވި އެވެ.

އެފަަހަރު ވިޔަފާރި ފުޅާކޮށް، ރެއިން ޓްރީ ގްރޫޕުން "ދަ ބޭކާސް"ގެ އިތުރުން ތިން އައުޓްލެޓެއް ހުޅުވި އެވެ. އެކަމަކު 2020 ވަަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަން އައިސް، ކޭޓަރިންގެ ވިޔަފާރި ގާތްގަނޑަކަށް މުޅިން ހުއްޓުނުއިރު، ރެއިންޓްރީ ގްރޫޕަށް ވެސް އޭގެ ގެއްލުމާއި ކުރިމަތި ލާންޖެހުނެވެ. އެހެން ނަމަވެސް ޖަލާލު ވިދާޅުވި ގޮތުގައި އެ ކުންފުނިން އެއްވެސް މުވައްޒަފަކު ވަތްކެއް ނުކުރެ އެވެ.

"ހަމަ ހައިލައިޓްކޮށްލަން ވެސް ބޭނުން، އަަޅުގަނޑުމެން ނުހުންނާނެ ކޮވިޑް ހާލަތު އައިސްގެން، ލޮކްޑައުންކޮށް ހުރިހާ އޮޕަރޭޝަންތައް ހުއްޓައިލި އިރު އެ ހާލަތޭ ކިޔާފައި އަޅުގަނޑުމެންގެ އެއްވެސް ސްޓާފަކު ވަޒީފާއިން ވަކިކޮށްފައި، އަދި މުސާރަ އެޖަސްޓްމަންޓް ތަކެއް ވެސް ނުހަދަން ފުރަތަމަ،" ޖަލާލް ވިދާޅުވި އެވެ.

އޭރު ކުރިމަތިވި މާލީ ދަތިކަމުގައި ކޮވިޑުގެ ހާލަތުގެ ސަބަބުން ވިޔަފާރިތަކަށް ކުރިމަތިވަމުންދިޔަ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އެސްޑީއެފްސީއިން ދޫކޮށްފައިވާ "ކޮވިޑް - 19 ވިޔަފާރި އެހީ" ލޯނު މެދުވެރިކޮށް ރެއިންޓްރީ ގްރޫޕަށް ވެސް އެހީތެރިކަން ލިބުނެވެ. އެކުންފުނިން ކުއްޔަށް ހިފާފައި ހުރި ތަންތަނުގެ ވެރިންގެ ފަރާތުން ވެސް ޖަލާލު ވިދާޅުވި ގޮތުގައި އޭރު ބޮޑު އެއްބާރުލުމެއް ލިބުނެވެ. އެ އެެހީތެރިކަމާއި ރެއިންޓްރީގެ ވެރިންނާއި މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުން ނުހުއްޓި ކުރިއަށް ގޮސް، މިހާރު ވަނީ އިތުރު އެތައް އައުޓްލެޓްތަކެއް ހުޅުވައިފަ އެވެ.

ޖަލާލު ތަކުރާރުކޮށް ފާހަގަކުރެއްވި ގޮތުގައި ކޮވިޑްގެ ހާލަތުގައި ރެއިންޓްރީ ނުހުއްޓި ކުރިއަށް ދިއުމާއި އިތުރަށް ފުޅާކުރުމުގަައި އެންމެ ބޮޑު ދައުރެއް އަދާކޮށް ދިނީ އެސްޑީއެފްސީ އިންނެވެ.

"އެސްޑީއެފްސީއަކީ އަޅުގަނޑުމެންގެ ވިޔަފާރި ފުޅާ ކުރުމަގަޔާއި ކޮވިޑްގެ ހާލަތުގަޔާއި މިކަން ކަމުގައި އަޅުގަނޑުމެންގެ ވިޔަފާރި ނުހުއްޓި ކުރިއަށް ގެންދިއުމުގައި ހަމަ ވަރަށް މުހިއްމު ދައުރެއް އަދާކުރި ފަރާތެއް،" އޭނާ ވިދާޅުވި އެވެ.

އެކަމަށްޓަކައި އެ ކޯޕަރޭޝަނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ. އޭނާ ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއީ ވަރަށް މުހިއްމު މާލީ އިދާރާއެކެވެ. އުއްމީދަކީ އެ އިދާރާގެ އެހީތެރިކަން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ވިޔަފާރިތަކަށް ލިބުމެވެ.