Advertisement

ހިޔާ ފްލެޓު އެއްބަސްވުމުގައި ސޮއިކުރަން ފަހު ފުރުސަތު، ނޫނީ ފްލެޓު އަތުލަނީ

8 ސެޕްޓެންބަރު 2022 - 08:58 2

އަމަން ހަލީމް

އަމަން ހަލީމް

ހިޔާ ފްލެޓުތައް: ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ 16 ޓަވަރުގައި 6720 ހައުސިން ޔުނިޓު ހުރޭ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ހިޔާ ފްލެޓު އެއްބަސްވުމުގައި ސޮއިކުރަން ފަހު ފުރުސަތު، ނޫނީ ފްލެޓު އަތުލަނީ

8 ސެޕްޓެންބަރު 2022 - 08:58 2

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ތެރެއިން ފްލެޓު އެއްބަސްވުމުގައި ސޮއިކުރަން ދެވުނު މުއްދަތުގައި އެއްބަސްވުމުގައި ސޮއިނުކުރާ މީހުންނަށް ފަހު ފުރުސަތު ދޭން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށިތާ އަހަރެއްވީ ނަމަވެސް، އެއްބަސްވުންތަކުގައި ސޮއިނުކުރާތީ ތަޅުދަނޑި ހަވާލުނުކުރެވި ހުރި ފްލެޓުތައް އެބަހުއްޓެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރަން ފަހު ފުރުސަތު ދޭން ހައުސިން މިނިސްޓްރީން ކުރި އިއުލާނުން އެނގޭ ގޮތުގައި ތަފާތު އެކިފަހަރު މަތިން މުއްދަތު ދިނުމުން ވެސް 40 މީހަކު އެބަތިއްބެވެ. މިނިސްޓްރީން ވަނީ އެ މީހުންނަށް އެއްބަސްވުންތަކުގައި ސޮއިކުރަން ފަހު ފުރުސަތު ދޭން ނިންމާފަ އެވެ.

އެގޮތުން މި ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ގޮސް ސޮއިކުރުމުގެ ކަންކަން ނިންމަން މިނިސްޓްރީން ވަނީ ފުރުސަތު ދީފަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ސޮއިނުކޮށްފިނަމަ ފްލެޓު ލިބުމަށް ހޮވިފައިވާ ހޮވުން ބާތިލުވާނެ ކަމަށް މިނިސްޓްރީން އިލްތިމާސް ކުރި އެވެ.

ފްލެޓު އުސޫލު އޮންނަ ގޮތުން މިގޮތަށް ގެއްލޭ ފުރުސަތުތައް ލިބޭނީ ފްލެޓަށް ޝަރުތުހަމަވާ ލިސްޓުގައި ދެން އެންމެ މަތިން މާކްސް ލިބުނު މީހުންނަށެވެ.