Advertisement

ބިދޭސީއަކަށް ޑީއީޑީ ފުލުހުން އަނިޔާކުރިކަމަށް ބުނާ މައްސަލައިގެ ތަހުގީގު ގޯސް: ހައި ކޯޓު

7 ސެޕްޓެންބަރު 2022 - 15:09 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހައި ކޯޓު؛ ޑީއީޑީ ފުލުހުން ބިދޭސީއަކަށް އަނިޔާކުރި މައްސަލައިގެ ތަހުގީގު ގޯސް ކަމަށް ނިންމައިފި


ބިދޭސީއަކަށް ޑީއީޑީ ފުލުހުން އަނިޔާކުރިކަމަށް ބުނާ މައްސަލައިގެ ތަހުގީގު ގޯސް: ހައި ކޯޓު

7 ސެޕްޓެންބަރު 2022 - 15:09 0

މާފަންނު އުޖާލާގެ ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި ބިދޭސީއަކަށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ އަށް ފުލުހަކު އަނިޔާ ކުރި މައްސަލާގައި ހިންގާފައިވާ ތަހުގީގު ގޯސް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖުލައި 5، 2019 ގައި ފުލުހުންގެ ޑީއީޑީން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކުރިއިރު އެ ގެއަށް މަސްތުވާތަކެއްޗާއެކު އައި ބަންގްލަދޭޝް މީހަކަށް އަނިޔާކުރުމަށް ފަހު ހައްޔަރުކުރި އެވެ. އޭގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު، ތުހުމަތު ކުރެވޭ 11 ފުލުހަކަށް ދައުވާ ކުރަން ފޮނުވި އެވެ. ނަމަވެސް ހުރި ހެކިތަކަށް ރިއާޔަތް ކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމީ އެއިން އަށް ފުލުހަކަށް ދައުވާ ކުރުމަށެވެ.

މި މައްސަލާގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން، ދައުވާ ކޮށްފައިވާ ފުލުހުންގެ ފަރާތުން ވަނީ އެ ފުލުހުންގެ މައްޗަށް ދިވެހި ފުލުުހުންގެ ހިދުމަތުން ހިންގާފައިވާ ތަހުގީގު ރަނގަޅު ނޫން ކަމަށް ކަނޑައަޅައިދިނުމަށް ހުށަހަޅައިފަ އެވެ. އެގޮތަށް ހުށަހެޅީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާއާ ހިލާފަށް ތަހުގީގުކުރިއަށް ގެންގޮސްފައިވާކަމަށް ބުނެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާގައި އޮންނަނީ ގާނޫނު ތަންފީޒުކުރާ އެއް އިދާރާއިން ތަހުގީގުކުރަމުންދާ ކުށަކީ އެހެން އިދާރާއަކުން ތަހުގީގުކުރުމުގެ ބާރު ލިބިދޭ ބާވަތުގެ ކުށެއްނަމަ، އެ ކުށެއްގެ ތަހުގީގު ގެންދަންވާނީ ދެ އިދާރާ ގުޅިގެން، ނުވަތަ ހާއްސަ ބާރު ލިބޭ އިދާރާއިން ކަމަށެވެ. މިއީ ފުލުހުންގެ ވާޖިބު އަދާކުރުމުގައި ހިންގި އަމަލަކާ ގުޅޭ ތުހުމަތެއް ކަމަށްވާތީ މިމައްސަލަ ބެލުމުގެ ބާރު ހިއުމަންރައިޓްސް ކޮމިޝަނަށާއި، އިންޓެގްރިޓީ ކޮމިޝަނަށްވެސް ލިބެ އެވެ. އެހެންނަމަވެސް ފުލުހުން މި މައްސަލައިގެ ތަހުގީގު ހިންގީ އެއިން އެއްވެސް އިދާރާއެއް ބައިވެރިކުރުމެއްނެތި އެވެ.

ދައުވާ ލިބޭފަރާތްތަކުން ހުށަހެޅި ހުސަހެޅު ކްރިމިނަލް ކޯޓުން ބަލައިނުގަންނަން ނިންމި ނިންމުން އަށް ފުލުހުންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އިސްތިއުނާފީ ނުކުތާއަކަށް ފާހަގަކޮށްފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ދައުރެއް ނެތި ފުލުހުންތަކެއްގެ ވާޖިބު އަދާކުރުމުގައި ހިންގި އަމަލަކާ ގުޅޭ ތަހުގީގެއް ނުކުރެވޭނެ ކަމަށެވެ.

މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާއަކީ، މި ބާވަތުގެ މައްސަލަތަކުގައި އަމަލުކުރުން ލާޒިމު މާއްދާއެއް ކަމަށެވެ. އެހެންނަމަވެސް އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އެ މާއްދާއަށް އަމަލުކޮށްފައި ނުވާތީ އެ މައްސަލާގައި ފުލުހުން ކޮށްފައިވާ ތަހުގީގު ބާތިލް ކަމަށް ނިންމަވައިފައި ވެ އެވެ.

މި މައްސަލަ ހައި ކޯޓުގައި ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. ދެން ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.