Advertisement

އުރީދޫ އާޗާ ކަސްޓަމަރުންނަށް ހަތަރުގުނަ އިތުރު ޑޭޓާ އަދި ވޯލްޑްކަޕް ސެމީ މެޗެއް ބަލަން ފުރުސަތެއް

6 ސެޕްޓެންބަރު 2022 - 21:13 0


އުރީދޫ އާޗާ ކަސްޓަމަރުންނަށް ހަތަރުގުނަ އިތުރު ޑޭޓާ އަދި ވޯލްޑްކަޕް ސެމީ މެޗެއް ބަލަން ފުރުސަތެއް

6 ސެޕްޓެންބަރު 2022 - 21:13 0

އުރީދޫ އިން ހަތަރުގުނައާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސް އާއިއެކު އާޗާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް މިއަދު ތައާރަފްކޮށްފި އެވެ.

މި އޮފާ މެދުވެރިކޮށް މުޅި ހަފްތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް 210ޖީބީ އާއި ހަމައަށް ޑޭޓާއާ އެކު އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެ އެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންސް، މާކެޓްގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ ގިނަ ފައިދާތައް ލިބޭ ޕްލޭންތައް މި ފުރުސަތާ އެކު ވަނީ އިތުރަށް ފުރިހަމަވެފަ އެވެ.

ހަމަ އެއާ އެކު އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން ސެމީ ފައިނަލް މެޗެއް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތު ވެސް ނަސީބުވެރި ހަތަރު ކަސްޓަމަރަކަށް ލިބިގެން ދާނެ އެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންސްއިން ލިބޭ ބޯނަސް އެލަވަންސް

  • އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް - 150ރ. (ދުވާލަކު 4 ޖީބީ)
  • އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް - 500ރ. (ދުވާލަކު 5 ޖީބީ)
  • އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް - 750ރ. (ދުވާލަކު 7 ޖީބީ)

މިއަދު މި ލޯންޗް ކުރެވުނު އާޗާ ޕްރިޕެއިޑްގެ ހާއްސަ އޮފާ ފަރުމާ ކުރެވިފައި ވަނީ ކަސްޓަމަރުން ކޮންމެ ތަނަކު ކޮންމެ ވަގުތެއްގައި ވެސް އާއިލާއާއި ރައްޓެހިންނާ ގުޅުވައިލަދީ، އަދި ސްޓްރީމިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފިލްމް އަދި ސީރީޒްތައް ވެސް އިތުރު ހާސްކަމެއް ނެތި ބަލާލެވޭ ގޮތަށެވެ.

އާޗާ ޕްރީޕެއިޑް ނަންގަވާ ފަރާތްތަކަށް ލިބޭ ބޯނަސް ޑޭޓާ ވަނީ ރެގިއުލާ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އެޕްތައް އަދި ސްޓްރީމިން އެޕްތަކަށް ހާއްސަކޮށް ބަހާލެވިފައެވެ.

ސޯޝަލް މީޑިއާ އަދި ސްޓްރީމިން އެޕްތަކުގެ ތެރޭގައި ނެޓްފްލިކްސް، އައިފްލިކްސް، ސޮނީލިވް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސްނެޕްޗެޓް، ޓްވިޓާ، އިންސްޓަގްރާމް، ވީޗެޓް، ވަޓްސްއަޕް، ވައިބާ، ޓެލަގްރާމް، ފޭސްބުކްގެ އިތުރުން ޕިންޓަރެސްޓް ހިމެނެ އެވެ.