Advertisement

ޑްރަގް އެތެރެކުރަން އުޅުނު މީހަކު އުމުރު ދުވަހަށް ޖަލަށް، ދެ ލައްކަ ރުފިޔާގެ ޖޫރިމަނާއެއް

5 ސެޕްޓެންބަރު 2022 - 09:36 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފުލުހުން މަސްތުވާ އެއްޗެއް ބަލައި ފާސްކުރަނީ؛ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކަށް ހުކުމްކޮށްފި


ޑްރަގް އެތެރެކުރަން އުޅުނު މީހަކު އުމުރު ދުވަހަށް ޖަލަށް، ދެ ލައްކަ ރުފިޔާގެ ޖޫރިމަނާއެއް

5 ސެޕްޓެންބަރު 2022 - 09:36 0

މާލެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އުމުރު ދުވަހަށް ޖަލަށް ލުމަށާއި ދެ ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މިއީ ގއ. ދެއްވަދޫ ނޫމުތި، އަޒުވަދު މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޑައިމޯފިކް ޓްރެފިކް ކުރުމުގެ ދައުވާގައި އެ ކޯޓުން ހިންގި ޝަރީއަތުގައި ކުރި ހުކުމެކެވެ.

ދައުލަތުން ކޮށްފައިވާ ދައުވާގައި ވަނީ ޑިސެމްބަރު 11، 2019 ގައި އެމްއެމްއޭ ކުރިމަތީ އޮތް "ސީވިއު ސްޕީޑް" ލޯންޗުގައި ހުރި މީހެއްގެ ޖީބުން 20 ގުރާމްގެ ޑައިމޯފިން ފެނިފައިވާ ކަމަށެވެ.

އެއީ އަޒުވަދުގެ ތަކެތި ކަމަށް ވަނީ ތަހުގީގު މަރުހަލާގައި އެއްބަސްވެފަ އެވެ. އަދި އެއީ ރ. އުނގޫފާރަށް ފޮނުވަން އޭނާ އެ މީހަކަށް ހަވާލު ކުރި ތަކެތި ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް ޝަރީއަތުގެ ފުރަތަމަ މަރުހަލާގައި ދައުވާއަށް އިންކާރުކޮށް އޭނާ ބުނެފައިވަނީ ތަހުގީގުގައި އޭނާ އެއްބަސްވީ ގާތް އެކުވެރިއެއްގެ ބައްޕަ ސަލާމަތް ކުރުމުގެ ގޮތުން ކަމަށެވެ.

އެހެން ވިޔަސް ދައުލަތުން ހެކި ހާމަކޮށް، ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ޖެހޭ އިފްތިތާހީ ބަޔާން ހުށަހެޅިތަނާ އޭނާ އަނެއްކާ ވެސް ވަނީ ކުށަށް އިއުތިރާފުވެފަ އެވެ.

ގާޒީ ހަސަން ސައީދު ބެއްލެވި އެ މައްސަލަ ދެން އަވަސް ނިޔާގެ ދަށުން ނިންމައި އަދަބު ކަނޑައެޅި އެވެ.

ގާނޫނުލް އުގޫބާތުގައި ކުށަށް ކަނޑައެޅިފައިވާ އަދަބަށް ރިއާޔަތްކޮށް އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ. ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރު ދުވަހެވެ.

ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވެސް ހުކުމުގައި އޮތް އިރު އެ ފައިސާ އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ހަލާސް ކުރަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.