Advertisement

އިޒްރޭލް ސިފައިން ތިބި ބަހަކަށް ދިން ހަމަލާގައި ހަތް މީހުންނަށް އަނިޔާވެއްޖެ

5 ސެޕްޓެންބަރު 2022 - 05:37 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބަހަށް ދިން ހަމަލާގައި ލިބުނު ގެއްލުންތައް ބަލަނީ. -- ފޮޓޯ: އޭއެފްޕީ


އިޒްރޭލް ސިފައިން ތިބި ބަހަކަށް ދިން ހަމަލާގައި ހަތް މީހުންނަށް އަނިޔާވެއްޖެ

5 ސެޕްޓެންބަރު 2022 - 05:37 0

ހުޅަނގު އައްސޭރީގައި އިޒްރޭލް ސިފައިން ގޮވައިގެން ދަތުރު ކުރަމުން ދިޔަ ބަހަކަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާގައި ހަތް މީހުންނަށް އަނިޔާވެއްޖެ އެވެ.

އިޒްރޭލް ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނީ ބަހަށް ބަޑި ޖެހީ ފަލަސްތީނުގެ ހަތިޔާރު ހިފައިގެން ތިބި މީހުން ކަމަށެވެ. ހަ ސިފައިންނާއި ބަސް ޑްރައިވަރަށް އަނިޔާވި އެވެ.

ސީރިއަސް އަަނިޔާ ލިބުނު ސިފައިންގެ މީހަކާއި ޑްރައިވަރަށް ފަަރުވާ ދިނުމަށް ހެލިކޮޕްޓަރުގައި ގެންދިޔެއީ ހައިފާގައި ހުންނަ ރަމްބަމް ހޮސްޕިޓަލަށެވެ. މިހާރު އެ މީހުންގެ ހާލު ދަނީ ރަނގަޅުވަމުންނެވެ.

ބާކީ ތިބި ފަސް ސިފައިންގެ މީހުންނަށް އަނިޔާވީ ކުޑަދޮރުތަކުން ބުރައިގެން ދިޔަ ބިއްލޫރީގެ ސަބަބުންނެވެ. އެ މީހުންނަށް މާ ބޮޑު ޒަހަމްތަކެއް ނުލިބެ އެވެ.

އިޒްރޭލުން ބުނީ ބަހަށް ހަމަލާ ދޭން ފެށުމުން، އޭގައި ތިބި ސިފައިން ވެސް ރައްދުގައި ބަޑި ޖެހި ކަމަަށެވެ. އެއާ އެކު "ޓެރަރިސްޓުން" ފިލައިގެން ދިޔަ ކަމަށް ބުންޏެވެ.

އޭގެ އިރުކޮޅެއް ފަހުން ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރު ކުރި އެވެ. އެ މީހުންނާ އެކު ހަތިޔާރު ވެސް ފެނުނެވެ. ފަލަސްތީނުގެ ނޫސްތަކުން ބުނީ އެއީ މުހައްމަދު އަދި ވާލިދް ތުރްކްމަން ކިޔާ ދެ މީހުން ކަމަށެވެ.

ތުހުމަތު ކުރެވޭ ތިން ވަަނަ މީހަކު ފިލައިގެން އުޅޭ ކަމަށް ބެލެވޭ އިރު، އިޒްރޭލުން ބުނީ "ޓެރަރިސްޓުންގެ" އިތުރު މީހުން ހައްޔަރު ކުރާނެ ކަމަށެވެ.