Advertisement

އިޒްރޭލާ ގުޅިގެން އުޅުނު ދެ މީހުން ހަމާސްއިން ދަންޖައްސައިފި

4 ސެޕްޓެންބަރު 2022 - 14:44 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ގާޒާގައި ވެރިކަން ކުރާ ހަމާސްގެ މެމްބަރެއް ހަތިޔާރު ހިފައިގެން. -- ފޮޓޯ: ގެޓީ އިމޭޖާޒް


އިޒްރޭލާ ގުޅިގެން އުޅުނު ދެ މީހުން ހަމާސްއިން ދަންޖައްސައިފި

4 ސެޕްޓެންބަރު 2022 - 14:44 0

އިޒްރޭލާ ގުޅިގެން މަސައްކަަތް ކުރި ކަމަށް ތުހުމަތު ކުރެވޭ ފަލަސްތީނުގެ ދެ މީހުން ގާޒާގަައި ދަންޖައްސާފައިވާ ކަމަށް އެ ތަނުގައި ވެރިކަން ކުރާ ހަމާސްއިން ބުނެފި އެވެ.

ގާޒާގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ދަންޖައްސައި މަރާލި ދެ މީހުން ވަނީ އިޒްރޭލަށް މައުލޫމާތު ފޯރުކޮށްދީފައި ކަމަށެވެ. އެ މައުލޫމާތުގެ އެހީގައި އިޒްރޭލުން ފަލަސްތީނުގެ ބަޔަކު މަރާލި އެވެ.

އޭގެ އިތުރުން ގަސްދުގައި މީހުން މެރުމުގެ ކުށް ސާބިތުވެ، އިތުރު ތިން މީހުން ދަންޖެއްސި އެވެ.

ގާޒާގަައި ހަމާސްއިން މަރުގެ ހުކުމް ތަންފީޒު ކުރާތީ އިންސާނީ ހަައްގުތަކަށް މަސައްކަތް ކުރާ ގްރޫޕުތަކުން މީގެ ކުރިން ކަަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން 2007 ވަނަ އަހަރު ހަމާސް ގާޒާގެ ކޮންޓްރޯލް ހޯދި ފަހުން މިހާތަނަަށް 27 މީހުން ދަަންޖައްސާފައިވެ އެވެ. އެންމެ ފަހުން އެކަން ކުރީ އެޕްރީލް 2017 ގަ އެވެ.

އިޒްރޭލާ ގުޅިގެން މަސައްކަތް ކުރުމުގެ ތުހުމަތުގައި ދަންޖެއްސި މީހުންނަކީ 2009 އަދި 2015 ގައި ހައްޔަރު ކުރި ބަޔެކެވެ.

އިޒްރޭލުން ގާޒާ ހިފީ 1967 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން އިޒްރޭލް ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ގާޒާއިން ފޭބީ 2005 ގަ އެވެ.