Advertisement

އަހުސަންގެ މަރު: ޝަހުމް މަރަން ކުރި ހުކުމް ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް

4 ސެޕްޓެންބަރު 2022 - 13:04 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އަހުސަން މަރާލި ކަމުގެ ކުށުގައި މަރަން ހުކުމްކޮށްފައިވާ ޝަހުމް


އަހުސަންގެ މަރު: ޝަހުމް މަރަން ކުރި ހުކުމް ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް

4 ސެޕްޓެންބަރު 2022 - 13:04 0

ސ. ހިތަދޫ، ވަރުދީގޭ، އަހްސަން ބަޝީރުގެ ކަރަށް ވަޅި ހަރައި މަރާލިކަން އެ މައްސަލައިގައި ދައުވާ އުފުލި ގ. ގޯޒީ، އިބްރާހީމް ޝަހުމް އާދަމް މަރަން ހައި ކޯޓުން ކުރި ހުކުމް ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހަޅައިފި އެވެ.

އަހުސަން މަރާލާފައި ވަނީ މާޗް 16، 2011 ވަނަ ދުވަހުގެ މެންދަމު 3:20 ހާއިރު އަލިކިލޭގެފާނު މަގާއި މަޖީދީމަގާ ގުޅުނު ކަންމަތީގައި ހުއްޓަ އެވެ.

އެ މައްސަލާގައި ޝަހުމްގެ މައްޗަށް ދައުލަތުން އުފުލީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ޝަހުމްގެ އިތުރަށް މއ. ވީނަސްތަރި، ހަސަން ޝިމާޒު މުހައްމަދަށް ކުރީ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ވެސް ކުރި އެވެ.

މި ދައުވާތައް އެ ދެ މީހުންގެ މައްޗަށް ވެސް ކުރިމިނަލް ކޯޓުގައި ސާބިތެއް ނުވި އެވެ. އެހެންވެ، ދައުލަތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ އެވެ. ހައި ކޯޓުން ޝަހުމް މަރަން ހުކުމް ކުރިއިރު، ޝިމާޒްގެ މައްޗަށް އިއްވީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށެވެ.

އިސްލާމީ ޝަރީއަތުގައި މަރަށް މަރު ހިފޭނީ މަރާލި މީހާގެ ވާރިސުން އެކަމަށް ބޭނުންވާނަމަ އެވެ. އެއީ, ވާރިސުންގެ ހައްގެއްގެ ގޮތަށް އޮންނައިރު އެންމެ މީހަކު އެކަމަށް ދެކޮޅު ހެދި ނަމަވެސް, މަރުގެ އަދަބު ކަނޑައެއް ނޭޅޭނެ އެވެ.

މަރަން ކުރާ ހުކުމްތައް ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަ ކުރަން ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ.