Advertisement

އިންޑިއާގެ ކައިވެނި ހަފުލާއެއްގައި ޕާޕަރު ނުދީގެން މާރާމާރީ ހިންގައިފި

4 ސެޕްޓެންބަރު 2022 - 07:17 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


އިންޑިއާގެ ކައިވެނި ހަފުލާއެއްގައި ޕާޕަރު ނުދީގެން މާރާމާރީ ހިންގައިފި

4 ސެޕްޓެންބަރު 2022 - 07:17 0

އިންޑިއާގެ ކެރެލާގައި ބޭއްވި ކައިވެނި ހަފުލާއެއްގައި ޕާޕަރު ނުދީގެން ޒުވާބުކޮށް، ގަޔަށް ބޮލަށް އަރައި، އަނިޔާކުރާ ވީޑިއޯއެއް ވައިރަލް ވެއްޖެ އެވެ.

ކޮޗިންގެ ދެކުނުން އޮންނަ ސިޓީއެއް ކަމުގައިވާ އަލަޕޫޒާގައި ބޭއްވި ކައިވެނި ހަފުލާތެރޭގައި ޒުވާބު ފެށީ، ރިޕޯޓުތައް ބުނާ ގޮތުގައި، ކައިވެނި ކުރި ފިރިހެން މީހާގެ އާއިލާގެ ބައެއް މީހުންނެވެ.

އެ މީހުން އެދުނީ އިތުރަށް ޕާޕަރު ދިނުމަށެވެ. ނަމަވެސް ކޭޓަރިން ސާވިސް ދޭ ފަރާތުން ޕާޕަރު ނުދިނުމުން ފެށި ޒުވާބު ހޫނުވެ ހަފުލާ ހަލަބޮލިވެ، އެއްބަޔަކު އަނެއް ބަޔަކު ތަޅައި ފޮޅައި ހަދަން ފެށި އެވެ. ފައިވާނާއި ބޫޓު އުކައި, ތަޅައި ހަދަމުން ދާއިރު، ގޮނޑި މޭޒު އުކާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

މި މާރާމާރީގައި ހަ މީހަކަށް އަނިޔާވި އެވެ. ހަމަނުޖެހުން ހިންގުމާ ގުޅިގެން 10 މީހެއްގެ މައްސަލަ ޕޮލިހަށް ހުށަހަޅާފައިވެ އެވެ.