Advertisement

މުހުޔިއްދީން ސްކޫލް ކުދިންގެ ހުނަރު ފޮތްތަކުގެ ބޭރުގަނޑުން

3 ސެޕްޓެންބަރު 2022 - 12:16 2


މުހުޔިއްދީން ސްކޫލް ކުދިންގެ ހުނަރު ފޮތްތަކުގެ ބޭރުގަނޑުން

3 ސެޕްޓެންބަރު 2022 - 12:16 2

ސްކޫލުގެ ސީރިއަސް ކިޔެވުމުގެ ތެރެއަށް ކުޅުމާއި ޝައުގުވެރިި ހަރަކާތްތައް އިތުރުކުރުމުގެ ފައިދާ ކުދިންނަށް އެތައް ގޮތަކުން ކުރެއެވެ. ކިޔަވާ ތަކެތީގެ އިތުރަށް، އެހެނިހެން ކަންކަމާ ހިޔާލުކޮށް، ފިކުރު ހިންގަން ދަސްވެ އެވެ. އަމިއްލަ ފިކުރާއި މުއްސަނދި ހިޔާލާތު މޮޅު ކަންކަން ކުރަން ބޭނުންކުރަން ދަސްވެ އެވެ.

މިފަހަރު މުހުޔިއްދީން ސްކޫލުން ދެއްކީ މީގެ މިސާލެކެވެ.

މި ފޮޓޯތަކަކީ، ބުރާސްފަތި ދުވަހު، މުހުޔިއްދީން ސްކޫލުގެ ކުދިން ލައިބްރަރީ ގަޑީގައި ހާއްސަ އެކްޓިވިޓީއެއްގެ ގޮތުގައި ފޮތްތައް ބޭނުންކޮށްގެން އަމިއްލަ ހިޔާލަށް، ލައިބްރަރީ ޓީޗަރުގެ އެހީއާއެކު ނަގާފައިވާ ފޮޓޯތަކެކެވެ. މި ފޮޓޯތަކަށް ސޯޝަލް މީޑިއާގައި ބޮޑު ތަރުހީބެއް ލިބުނެވެ. އެންމެންނަށް ވެސް އަޅައިގަތީ ކުދިންގެ ވިސްނުން މޮޅުކަމެވެ.

އެފަދަ ފުރުސަތެއް، އެކްޓިވިޓީއެއްގެ ގޮތުގައި ކުދިންނަށް ފަހިކޮށްދީގެން ކުދިންގެ ކްރިއޭޓިވް ހިޔާލުތައް ނެރެ ދެއްކުމުގެ ފުރުސަތު ސްކޫލުން ދިނީތީ ގިނަ ބަޔަކު އެކަން ފާހަގަކުރި އެވެ.


"އަޅުގަނޑުމެން ދޭތެރެ ދޭތެރެއިން މިކަހަލަ ކަންކަން ކުރަން ކުދިންގެ ޝައުގުވެރިކަން އިތުރުކޮށްލައި އެކުދިންނަށް ކިޔަވާ ފިލާވަޅުގެ ބޭރުން އިތުރު ކަންކަން ދަސްކޮށްދިނުމަށް. މިފަހަރުގެ މި ކަމަކީ އެކްޓިވިޓީ އެއް. މި އެކްޓިވިޓީގައި އެކުދިންނަށް ދިނީ، އަމިއްލަ އަށް ފޮތްތައް ހޯދައިގެން ފޮޓޯ ނެގޭނެ ރީތި އޭންގަލް ނުވަތަ ޕޯޒްތައް އެކުދިން އަމިއްލަ އަށް ސެޓް ކުރަން،" ޑެޕިއުޓީ ޕްރިންސިޕަލް، ސޮބީހާ އަބްދުއްލަތީފް ވިދާޅުވި އެވެ.


ފޮތްތަކުގެ ބޭރުގަނޑު ބޭނުންކޮށްގެން މުހުޔިއްދީން ސްކޫލު ކުދިން މިފަހަރު އުފެއްދި ފޮޓޯތައް ސަޅި އެވެ. ކްރިއޭޓިވް އެވެ. މިކަހަލަ އުފެއްދުންތެރި ހަރަކާތްތަކަށް ސްކޫލްތަކުން ހިއްވަރުދިން ވަރަކަށް ކިޔެވުން ޝައުގުވެރިވެފައި، އަވަހަށް ހުނަރު ފާހަގަކުރެވޭނެ ފުރުސަތު ފުޅާވެގެންދާނެ އެވެ.