Advertisement

އެކާވީސް މިލިއަން މީހުންނާ އެކު ޗައިނާގެ ޗެންގްޑޫ ސިޓީ ލޮކްޑައުންކޮށްފި

2 ސެޕްޓެންބަރު 2022 - 06:02 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާ މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް


އެކާވީސް މިލިއަން މީހުންނާ އެކު ޗައިނާގެ ޗެންގްޑޫ ސިޓީ ލޮކްޑައުންކޮށްފި

2 ސެޕްޓެންބަރު 2022 - 06:02 0

ޗައިނާ ސަރުކާރުން ގެންގުޅޭ ޒީރޯ ކޮވިޑް ސިޔާސަތުގެ ދަށުން 21 މިލިއަން މީހުންނާ އެކު ޗެންގްޑޫ ސިޓީ ލޮކްޑައުންކޮށްފި އެވެ.

އެ ސިޓީގެ 21 މިލިއަން މީހުން ގެއިން ބޭރަށް ނިކުތުން މަނާކޮށްފައިވާ އިރު، ޒަރޫރީ ތަކެތި ގަންނަން ގެއިން ބޭރަށް ނިކުމެވޭނީ ކޮންމެ ގޭބިސީއަކުން ވެސް އެކަކަށެވެ.

ބުރާސްފަތި ދުވަހު އެ ސިޓީއިން ކޮވިޑް 157 ކޭސް ރިޕޯޓު ކުރި އިރު، އޭގެ ތެރެއިން 51 ކޭސްގައި އެއްވެސް އަލާމާތެއް ނުފެނެ އެވެ.

ޗައިނާއިން ގެންގުޅެނީ ކޮވިޑް އެއްކޮށް ނައްތާލުމުގެ ސިޔާސަތެކެވެ. އެހެންކަމުން، އެންމެ ކޭހެއް ފެނުނު ނަމަވެސް ހަރުކަށި ފިޔަވަޅުތައް އަޅަ އެވެ.

ނަމަވެސް އެ ސިޔާސަތާ ހެދި އިގްތިސާދީ ކުރިއެރުމަށް ހުރަސް އެޅި، އާއްމުންގެ ދިރިއުޅުމަށް ބުރޫ އަރާތީ ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކުރެ އެވެ.

ޗެންގްޑޫ ލޮކްޑައުންކޮށް، އެ ސިޓީގެ އެންމެން ކޮވިޑަށް ޓެސްޓު ކުރަން ނިންމާފައިވެ އެވެ. އެހެން އެއްވެސް ސިޓީއަކުން މި ވަގުތު ޗެންގްޑޫއަށް ދަތުރު ނުކުރެވޭނެ ކަމަށް ވެސް އެންގި އެވެ.

ޗައިނާގެ ބައެއް އެހެން ހިސާބުތަކުގައި ވެސް ވަނީ ކޮވިޑާ ދެކޮޅަށް ފިޔަވަޅު އަޅާފަ އެވެ. އެގޮތުން ޝެންޒެން އާއި ދާލިއާން ފާހަގަކުރެވެ އެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބް ދައްކާ ގޮތުން ކޮވިޑް ބަލިމަަޑުކަން ފެށުނު ފަހުން އެ ބަލި ޖެހިގެން ޗައިނާއިން މިހާތަނަށް މަރުވީ 15،000 މީހުންނެވެ.