Advertisement

ފްލައިޓް ޓިކެޓު އަގު ބޮޑު ކުރި ވާހަކަ އައިލެންޑް އޭވިއޭޝަނުން ދޮގުކޮށްފި؛ "އިތުރުވީ ފިއުލް ސާޗާޖު"

31 އޮގަސްޓު 2022 - 19:33 1

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވިއަންގެ ފްލައިޓެއް: މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ ފިއުލް ސާޗާޖު އިތުރުވަނީ ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވާތީ ކަމަށް. -- ފޮޓޯ: ރައީސް އޮފީސް


ފްލައިޓް ޓިކެޓު އަގު ބޮޑު ކުރި ވާހަކަ އައިލެންޑް އޭވިއޭޝަނުން ދޮގުކޮށްފި؛ "އިތުރުވީ ފިއުލް ސާޗާޖު"

31 އޮގަސްޓު 2022 - 19:33 1

ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓު އަގުބޮޑުކޮށްފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތައް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އިން މިއަދު ދޮގުކޮށްފި އެވެ.

މޯލްޑިވިއަނުން ޓިކެޓު އަގުބޮޑުކޮށްފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާތީ އައިއޭއެސްއިން ބުނީ އެ ކުންފުނިން އެއްވެސް މަންޒިލަކަށް ދަތުރުކުރަން ޓިކެޓު އަގުބޮޑުކޮށްފައި ނުވާ ކަމަށެވެ. ސީދާ ޓިކެޓުގެ އަގު ބޮޑު ނުވި ނަމަވެސް، އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމާ ގުޅިގެން ފިއުލާ ސާޗާޖުގެ ގޮތުގައި ނަގާ އަދަދު ވަނީ އިތުރުވެފަ އެވެ.

އެގޮތުން އެ ކުންފުނީގެ އޮފިޝަލަކު "އަދަދު" ނޫހަށް ވިދާޅުވީ ދަތުރުގެ ދިގުމިނަށް ބަލާ ކޮންމެ މަންޒިލަކަށް ވެސް ފިއުލްސާޖާޗް ކުރިޔަށް ވުރެ މިހާރު ބޮޑު ކަމަށެވެ.

"ޓިކެޓު އަގަކަށް ބަދަލެއް ނުގެންނަން. ފިއުލް ސާޗާޖު ބޮޑުވީ ތެޔޮ ގަންނަން ލިބޭ އަގު ބޮޑު ވީމަ" އޮފިޝަލް ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަނުން މިހާރު ޓިކެޓުތަކަށް ކަނޑައަޅާފައިވާ ރޭޓަކީ ސަރުކާރުން ސަބްސިޑައިޒް ކުރާގޮތަށް ކަނޑައަޅާފައިވާ އަގުތަކެެކެވެ. އެއީ އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ދެމުންދާ ސަބްސިޑީއެކެވެ.