Advertisement

ސަދްރްގެ ގޮވާލުމަށް އިޖާބަދީ އިރާގުގައި ހަމަނުޖެހުން ހިންގުން ހުއްޓާލައިފި

31 އޮގަސްޓު 2022 - 08:03 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާގުގައި ހިނގި ހަމަނުޖެހުމުގައި 23 މީހުން މަރުވި. -- ފޮޓޯ: އީޕީއޭ


ސަދްރްގެ ގޮވާލުމަށް އިޖާބަދީ އިރާގުގައި ހަމަނުޖެހުން ހިންގުން ހުއްޓާލައިފި

31 އޮގަސްޓު 2022 - 08:03 0

އިރާގުގެ ޝިއައީ ދީނީ އިލްމުވެރިޔާ މުގްދަތާ އަލް ސަދްރްގެ ގޮވާލުމަށް އިޖާބަދީ، ސަޕޯޓަރުން މުޒާހަރާ ކުރުން ހުއްޓާލައިފި އެވެ.

ބަގްދާދްގައި ޕާލިމެންޓްގެ ބޭރުގައި ޓެންޓު ޖަހައިގެން ގިނަ ހަފްތާތަކެއް ހޭދަކުރި އެތައް ސަތޭކަ މީހުން ވެސް މިހާރު ވަނީ އެ ތަން ދޫކޮށް ގޮސްފަ އެވެ.

ހަމަނުޖެހުން ހުއްޓާލަން ސަދްރް ގޮވާލެއްވި އިރު، ހޯމަ ދުވަހު ހާލަތު ގޯސްވެ 23 މީހުން މަރުވި އެވެ. ހަމަނުޖެހުން ހިނގީ ސަދްރް ސިޔާސީ ދާއިރާއިން ރިޓަޔާ ކުރައްވާކަން އިއުލާން ކުރުމުންނެވެ.

އެނެލިސްޓުން ބުނީ ސަދްރްގެ ނިންމެވުމާ އެކު ސިޔާސީ ގޮތުން އެޅި ފިޔަވަަޅެއް ކަމަށެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ރިޓަޔާ ކުރެއްވި ކަމަށް އިއުލާންކޮށްފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު އޮތް އާއްމު އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ސަދްރްގެ ކޯލިޝަނުންނެވެ. އެކަމަކު ވޯޓަށް ފަަހު އުފެދުނު ހިޔާލު ތަފާތުވުމާ ހެދި އެ ކޯލިޝަނަށް ވެރިކަމުގެ ބާރުތަކެއް ނުލިބެ އެވެ.

އޭގެ ސަބަބުން ފާއިތުވި އަހަރެއްހާ ދުވަސް ހޭދަވީ ސިޔާސީ ހަލަބޮލިކަމުގަ އެވެ.

ހޯމަ ދުވަހުގެ ރޭ ސަދްރް ރިޓަޔާ ކުރައްވާނެކަން އިއުލާން ކުރުމާ އެކު، އޭނާގެ ސަޕޯޓަަރުން ރިޔާސީ ގަނޑުވަރަށް ވަނެވެ. ސަަލާާމަތީ ބާާރުތަކުން ހާލަތު ކޮންޓްރޯލް ކުރަން އުޅުމުން ހިނގި ހަމަނުޖެހުމުގައި 350 މީހުންނަށް އަނިޔާ ވެސް ވި އެވެ.

އަންގާރަ ދުވަހު ސަދްރް ސަޕޯޓަރުންނަށް ގޮވާލެއްވީ މުޒާހަރާ ކުރުން ހުއްޓާލުމަށެވެ. އަދި ލޭއޮހޮރުވުން ހިނގާފައި ވާތީ އިރާގު ރައްޔިތުންގެ ކިބައިން މައާފަަށް އެދުނެވެ.