Advertisement

އިރާގު ހަލަބޮލިވެފައި ވަނިކޮށް މަގްބޫލް ލީޑަަރު ސަދްރް ރިޓަޔާކޮށްފި

30 އޮގަސްޓު 2022 - 07:54 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މުގްތަދާ އަލް ސަދްރްގެ ސަޕޯޓަރުން ވަނީ ދެ ފަހަރަށް ޕާލިމެންޓް ހިސޯރުކޮށްފައި. -- ފޮޓޯ: ރޮއިޓާޒް


އިރާގު ހަލަބޮލިވެފައި ވަނިކޮށް މަގްބޫލް ލީޑަަރު ސަދްރް ރިޓަޔާކޮށްފި

30 އޮގަސްޓު 2022 - 07:54 0

އިރާގުގެ މަގްބޫލް ދީނީ އިލްމުވެރިޔާ މުގްތަދާ އަލް ސަދްރްގެ ސަބަބުން ގައުމު ހަލަބޮލިވެފައި ވަނިކޮށް އޭނާ ސިޔާސީ ދާއިރާއިން ރިޓަޔާ ކުރަން ނިންމަވައިފި އެވެ.

ސަދްރްއަކީ ޝިއައީ އިލްމުވެރިއެކެވެ. އޭނާއަށް އެތައް މިލިއަން ބަޔަކު ސަޕޯޓު ކުރެ އެވެ. އޭނާ ރިޓަޔާ ކުރައްވާނެކަން އިއުލާން ކުރީ ޓްވިޓާ މެދުވެރިކޮށެވެ.

ސަދްރްގެ ސަޕޯޓަރުން ދެ ފަހަރު ޕާލިމެންޓް ހިސޯރު ކުރުމަށް ފަހު މިހާރު ވެސް ތިބީ ޕާލިމެންޓްގެ ބޭރުގައި ޓެންޓު ޖަހައިގެންނެވެ. އެ މީހުން އެ ތަނުގައި ތިބޭތާ ހަފްތާތަކެއް ވެއްޖެ އެވެ.

ސަދްރްގެ ސަޕޯޓަރުން ވަނީ 2003 ވަނަ އަހަރު އެމެރިކާ ސިފައިން އިރާގަށް އެރުމުން، އެ މީހުންނާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

މީގެ ދެ ދުވަސް ކުރިން ސަދްރް ވަނީ އެމެރިކާ ސިފައިން އިރާގަށް އެރި ފަަހުން ސިޔާސީ ދާއިރާގައި އުޅެމުންދާ އެންމެން އެ ދާއިރާއިން ދުރުވުމަށް ގޮވާލައްވާފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު އޮތް އާއްމު އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ސަދްރްގެ ކޯލިޝަނުންނެވެ. އެކަމަކު ވޯޓަށް ފަަހު އުފެދުނު ހިޔާލު ތަފާތުވުމާ ހެދި އެ ކޯލިޝަނަށް ވެރިކަމުގެ ބާރުތަކެއް ނުލިބެ އެވެ.