Advertisement

މަސްތުވާތަކެތީގެ މައްސަލަތައް ހައްދުން ނެއްޓީ މާ ލުއިކޮށް ދައުވާކުރާތީ: ފަނޑިޔާރު

29 އޮގަސްޓު 2022 - 11:44 7

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިއްޔެ, މައްސަލާގައި ބޭއްވި އަޑުއެހުމުގެ ތެރޭން --


މަސްތުވާތަކެތީގެ މައްސަލަތައް ހައްދުން ނެއްޓީ މާ ލުއިކޮށް ދައުވާކުރާތީ: ފަނޑިޔާރު

29 އޮގަސްޓު 2022 - 11:44 7

މަސްތުވާތަކެތީގެ މައްސަލަތައް ހައްދުން ނައްޓަން މެދުވެރިވި އެއް ސަބަބަކީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މާ ލުއިކޮށް ދައުވާކުރާތީ ކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު ނިޔާޒު އެހެން ވިދާޅުވީ، ދައުލަތުން ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވާ ސަައީދު އަލީ ޝާާހިދުގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައެއްގައި ބޭއްވި އަޑުއެހުމުގަ އެވެ.

އޭނާ އިސްތިއުނާފު ކުރި ނުކުތާއަކީ ވެސް އޭނާ ޓީއެޗްސީ ބޭނުންކޮށްގެން ކެނަބިސްއާ ގުޅޭ ދައުވާއެއް ނުކުރެވޭނެ ކަމެވެ. އެއީ ގާނޫނުގައި އެއީ ދެ ބާވަތެއްގެ ގޮތުގައި އޮންނާތީ ކަމަށް އޭނާގެ އިސްތިއުނާފު ނުކުތާގައި އޮވެ އެވެ.

މިކަމާ ގުޅިގެން ފަނޑިޔާރުންގެ ސުވާލުތަކެއް ދައުލަތަށް އަމާޒުކުރި އެވެ.

ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވި ގޮތުގައި، މަސްތުވާތަކެތި ތަހުލީލު ކުރާއިރު، ކެނަބިސްއާ އެއްވެސް ކެމިކަލެއް އެއްކޮށްފައި ހުރި ކަމަށް ފާހަގަކުރެވުނު ނަމަވެސް ދައުވާ ކުރަނީ ކެނަބިސް މަނާކުރާ މާއްދާގެ ދަށުން ކަމަށެވެ.

ނަމަވެސް ފަނޑިޔާރު ނިޔާޒު ވިދާޅުވީ ދައުލަތުން ދައުވާ ކުރަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށެވެ. އަދި އެއީ ގާނޫނުގައި އެ ކަން ބަޔާން ކޮށްފައި އޮތް ގޮތެއް ވެސް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"ގާނޫނުގައި ކެނަބިސް ކަމަށް އޮތީ ކެނަބިސް އާއިލާގެ ގަސްގަހުގެ ތެރެއިން ގަހަކަށް ނުވަތަ އެއިން ގަހެއްގެ ބަޔަކަށް، އެހެންވީމާ މީގައި ކެމިކަލްގެ ވާހަކައެއް ނާދޭ ނޫންތޯ،" ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ނިޔާޒު އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ ގާނޫނުގައި ދައުވާ ކުރުމުގެ ކަންކަން އޮތީ ވަރަށް ހަރުކަށި ގޮތެއްގަ އެވެ. އެކަމަކު ދައުލަތުން ދައުވާ ކުރަނީ މާ ލުއި މިންގަނޑެއްގައި ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރު ފާހަގަ ކުރެއްވި ކަމަކީ ކެނަބިސް އާއި ޑައިމޯފިންގެ ދައުވާތައް ކުރުމުގައި ގްރާމް މަތިވުން ފަދަ ޝަރުތުތައް ހުރި އިރު، އެހެން މަސްތުވާތަކެތީގައި ޝަރުތުތައް ލުއިކޮށް، އަދަބު ހަރުކަށި ކޮށްފައި އޮތުމެވެ.

"... އެކަމަކު ތި ބޭފުޅުން (ޕްރޮސެކިއުޓާ ޖެނެރަލް) ދައުވާ ކުރަނީ ވަރަށް ވެސް ލުއިކޮށް، އެއީ ހަގީގަތުގައި މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި މިހާވަރަށް މީތި ކޮންޓްރޯލް ނުވެގެން އުޅޭ އެއް ސަބަބު،" ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ.