Advertisement

ހާޓް އެޓޭކް ޖެހިގެން އެތުލީޓުން މަރުވުން، އާންމު ކަމެއް ނޫން، އެކަމަކު ހޭލުންތެރިވުން މުހިއްމު

28 އޮގަސްޓު 2022 - 05:57 0


ހާޓް އެޓޭކް ޖެހިގެން އެތުލީޓުން މަރުވުން، އާންމު ކަމެއް ނޫން، އެކަމަކު ހޭލުންތެރިވުން މުހިއްމު

28 އޮގަސްޓު 2022 - 05:57 0

ކުއްލި އަކަށް ހާޓްއެޓޭކް ޖެހުމާއި، ބައެއް ފަހަރަށް އަންނަ އެޓޭކްގައި މަރުވުމުގެ ހާދިސާތައް ކޮންމެ އަހަރަކުވެސް ފެންމަތިވެ އެވެ. ވަރަށް ފިޓު މީހުންގެ ގޮތުގައި ހިމެނޭ މީހުންނާއި އެތުލީޓުންނަށް ވެސް މިފަދަ ގޮތް ދިމާވެފައި އެބަހުއްޓެވެ.

އެހެން ނަމަވެސް، ކުޅުމުގެ ތެރޭގައި ނުވަތަ މެޗެއް ހިނގަމުން ދާއިރު، ކުޅުންތެރިންނަށް ހާޓް އެޓޭކް ޖެހުމަކީ ވަރަށް އާންމު ކަމެއް ނޫނެވެ. އެކަމަކު މިކަމުގެ މައުލޫމާތު އެނގިފައި، ހޭލުންތެރިވެފައި އޮތުން މުހިއްމު ކަމެކެވެ - އަމުދުން، އެމީހެއްގެ ހިތުގެ މައްސަލައިގެ މާޒީއެއް އޮތުން، ނުވަތަ ގާތް މީހެއްގެ މިފަދަ މައްސަލަތަކެއް ހުންނަ ނަމަ އެވެ.

މެޑިކަލް ޖާނަލްތަކާއި އާޓިކަލްތައް ޝާއިއުކުރާ 'ހެލްތުލައިން' ގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް މި އާޓިކަލްގައި މި ހިމަނާލަނީ، ބައެއް އެތުލީޓުންނަށް ހާޓް އެޓޭކް ޖެހެން މެދުވެރިވާ ސަބަބުތަކަށެވެ.

ކުޅުމުގެ މައިދާނެއްގައި އެތުލީޓަކަށް ހާޓްއެޓޭކް ޖެހުމާއި، އެޓޭކެއްގައި މަރުވުމަކީ ވެދާނެ ކަމެކެވެ. އެކަމަކު އާންމުކަމެއް ނޫނެވެ.

ރިސްކު އޮތީ ކާކަށް؟

ކަސްރަތާއި ކުޅިވަރަކީ ގިނަ މީހުންނަށް ކިތަންމެ ފައިދާހުރި ކަމަކަށް ވިޔަސް، ބައެއް މީހުންނަކީ، ހިތުގެ މައްސަލައެއް ކުރިން ހުރި މީހަކަށް، ނުވަތަ ހިތުގެ މައްސަލައަށް ހުށަހެޅިފައިވާ މީހަކަށް ވުން ގާތެވެ. މިފަދަ މީހަކު، ނޭނގުމެއްގެ ތެރޭގައި ވަރަށް އިންޓެންސްކޮށް، އާދަޔާ ހިލާފަށް ވަރުބަލިވާ ވަރަށް ކުޅިވަރެއް ކުޅުމަކީ ފުރާނައަށް ނުރައްކާ އޮވެދާނެ ކަމެކެވެ.

ކުޅިވަރު ކުޅުމުގެ ތެރޭގައި ދިމާވާ ކުއްލި މަރުތަކާ ބެހޭގޮތުން 2018 ވަނަ އަހަރު ނެރުނު 10 އަހަރުގެ ރިވިއު ގައި ބުނެފައިވާ ގޮތުން، މިހާލަތުގައި، މެދު އުމުރުން މަތީގެ މީހުންނަށް ދިމާވާ ގިނަ މަރުތަކުގެ އަސްލަކީ ކޮރޯނަރީ އާޓެރީ ޑިސީސް ނުވަތަ ހިތުގެ ބައްޔެވެ. ޒުވާނުންނަށް އާންމުކޮށް ދިމާވަނީ ކާޑިއޯމަޔޯޕަތީ ނުވަތަ އެރިތްމިއާ އެވެ.

2018 ގެ ރިސާޗް ނަތީޖާއިން އެނގެނީ، ޒުވާނުންގެ މެދުގައި ވަރަށް މަދުން ނުނީ ހިތުގެ މައްސަލައަކާ ގުޅިގެން ވާ ކުއްލި މަރު ނުވަތަ ސަޑަން ކާޑިއެކް ޑެތު (އެސްސީޑީ) އިންތިހާ އަށް މަދު ކަމެވެ. މި ފަދަ ކޭސް އެއް ދިމާވުމުގެ ޗާންސަކީ ކޮންމެ 50،000 އަކުން އެއް މީހުން ކަމަށް، އަދި ޔުނިވަސިޓީ އުމުރުގެ ސޒުވާނުންގެ މެދުގައި ކޮންމެ 14،000 އިން އެކެއް ކަމަށް ވެސް އެ ރިވިއު ގައި ބުނެފައިވެ އެވެ.

އެކަމަކު، މި ރިސްކެއް ކިތަންމެ ކުޑަ ނަމަވެސް، ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ސިކުނޑީގައި ބެހެއްޓުމަކީ މުހިއްމު ކަމެކެވެ.

އަލާމާތްތައް ދެނެގަތުމާއި ރިސްކު ކުޑަ ކުރުން

ކުޅެމުން ދާއިރު، ނުވަތަ ކަސްރަތު ކުރަމުން ދާއިރު މެއަށް އުނދަގޫވެފައި، ނޭވާ ކުރުވާ ގޮތް ވެފައި މޭގައި އާދަޔާ ހިލާފަށް ރިއްސާނަމަ، ހުއްޓާލުމަށްފަހު، ފަރުވާ ހޯދަންވާނެ އެވެ. މިއީ އެޓޭކެއްގެ އިންޒާރަކަށް ވެދާނެ އެވެ.

އާއިލާގައި ހިތުގެ ބަލި ހުންނަ ނަމަ ވެސް މިފަދަ ގޮތްވުމުގައި ހިތުގެ މައްސަލައަކަށް ވުން ގާތް ވާނެ އެވެ. އެހެންކަމުން ފަރުވާތެރިވުން މުހިއްމުވާނެ އެވެ.

2019 ވަނަ އަހަރު ނެރުނު ޖާނަލްއެއްގައި މި މައުލޫގައި ހިމަނާފައިވާ މައުލޫމާތަށް ބަލާއިރު، ހާޓް އެޓޭކް ޖެހޭ އެތުލީޓުންގެ ތެރެއިން 90 ޕަސެންޓް މީހުންނަށް އެޓޭކް ޖެހުމުގެ ކުރިން ހިތުގެ ބަލީގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ފެނެ އެވެ.

އެހެންވީމަ، ކުޅިވަރުކުޅޭ މީހަކަށް ވެފައި، ހާޓް އެޓޭކެއް ޖެހުމުގެ ރިސްކު އޮތް ކަމަށް ގަބޫލުކުރެވޭނަމަ އާއިލީ މެޑިކަލް ހިސްޓްރީ ބަލައިލެވިދާނެ އެވެ. އަދި ޑޮކްޓަރަކާ ވާހަކަދައްކާލުން ވެސް ބުއްދިވެރި އެވެ. ޗާންސް ވަރަށް ކުޑަ އެވެ. އެކަމަކު އެބަ އޮތެވެ. ރަނގަޅު ޗެކަޕް އެއް ހެއްދުމަކުން ވެސް ލިބޭނެ ގެއްލުމެއް ނެތެވެ. ކުޅިވަރު ކުޅޭ ތަކުގައި ފަސްޓް އެއިޑް ލިބެން ހުރިކަން ކަށަވަރުކުރެވިދާނެ އެވެ.

އެންމެ އިސްކަމެއް ދޭންވީ ކުޅޭ ކުޅިވަރުގައި ކުރިއަށް ދާއިރު މީހާގެ ހަށިގަނޑާއި އާންމު ސިއްހަތުގެ ދުލަހެޔޮކަން ކަށަވަރުކުރުމާ އެކު ކުޅިވަރުގެ އުފާ ހާސިލުކުރުމެވެ.