Advertisement

ލިޔެކިޔުން ނެތް 43،000 ބިދޭސީން؛ ގަވާއިދަށް ފެއްތުނީ 11،000

23 އޮގަސްޓު 2022 - 10:39 0

އަމަން ހަލީމް

އަމަން ހަލީމް

ބިދޭސީ މަސައްކަތްތެރިންތަކެއް: ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ލިޔެކިޔުން ނެތް 63،000 ބިދޭސީން އުޅޭ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ލިޔެކިޔުން ނެތް 43،000 ބިދޭސީން؛ ގަވާއިދަށް ފެއްތުނީ 11،000

23 އޮގަސްޓު 2022 - 10:39 0

ލިޔެކިޔުންނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން މި ސަރުކާރުން ފެށި ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ރަޖިސްޓްރީވި 43،787 ބިދޭސީންގެ ތެރެއިން 11،170 މީހުން ގަވާއިދުގެ ތެރެއަށް ފެއްތިއްޖެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ރެގިއުލަރައިޒޭޝަން ޕްރޮގްރާމާ ގުޅިގެން "އަދަދު" ނޫހުން ހޯދި މައުލޫމާތުން ދައްކާ ގޮތުގައި، ޖުމްލަ 11 ގައުމަކަށް ނިސްބަތްވާ މީހުން މި ޕްރޮގްރާމުގައި ބައިވެރިވި އެވެ. އޭގެ ތެރެއިން 99 ޕަސެންޓަކީ ބަންގްލަދޭޝް ރައްޔިތުންނެވެ. ދެން އެންމެ ގިނައީ އަވައްޓެރި އިންޑިއާ އަދި ލަންކާ ރައްޔިތުންނެވެ.

މިހާތަނަށް ގަވާއިދަށް ފެއްތުނު ބިދޭސީންގެ އިތުރުން، ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ރަޖިސްޓްރީވި އިތުރު 8،724 ބިދޭސީން ވަނީ ވޮލަންޓަރީ ރިޕެޓްރިއޭޝަންގެ ދަށުން އަނބުރާ ގައުމަށް ގޮސްފަ އެވެ.

މިހާތަނަށް ފާހަގަކުރެވުނު ލިޔެކިޔުން ނެތް ބިދޭސީންގެ ތެރެއިން 45.53 ޕަސެންޓު މީހުންގެ ކަންކަން ހައްލުވެއްޖެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި ރެގިއުލަރައިޒްވާން ހުށަހެޅިއިރު އެއްވެސް ކަހަލަ ލިޔެކިޔުމެއް ނެތް 3،828 މީހަކު ވަޒީފާ އަދާކުރާނެ ތަނެއް ހޯދުމަށް ފަހު އަލުން ހުށަހަޅަން އެދިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 63،000 ބިދޭސީން އުޅެ އެވެ. ނަމަވެސް ނުރަސްމީ އަންދާޒާތަކުން މި އަދަދު އެއް ލައްކައާ ގާތްކުރާ ކަމަށްވެ އެވެ.

މިގޮތަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން އިކޮނޮމިކް މިނިސްޓްރީގެ މި މަސައްކަތަށް ތިން އަހަރު ވެފައިވާއިރު، މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މިހާތަނަށް ސަރުކާރަކުން ކުރި އެންމެ ބޮޑު މަސައްކަތެވެ.