Advertisement

ދެ އަހަރަށް ފަހު ފިލިޕީންސްގެ ސްކޫލްތައް ހުޅުވައިފި

22 އޮގަސްޓު 2022 - 16:02 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފާއިތުވި ދެ އަހަރު ކިޔެވުން ކުރިއަށް ގެންދިޔެއީ ގޭގައި ތިބެގެން. -- ފޮޓޯ: ގެޓީ އިމޭޖާޒް


ދެ އަހަރަށް ފަހު ފިލިޕީންސްގެ ސްކޫލްތައް ހުޅުވައިފި

22 އޮގަސްޓު 2022 - 16:02 0

ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ބަންދު ކުރި ފިލިޕީންސްގެ ސްކޫލްތައް ހުޅުވުމާ އެކު އެތައް މިލިއަން ދަރިވަރުން ހޯމަ ދުވަަހު އެނބުރި ސްކޫލްތަކަށް ހިނގައްޖެ އެވެ.

ފިލިޕީންސްގެ 50 ޕަަސެންޓް ސްކޫލްތައް ފާއިތުވި ދެ އަހަރު ކިޔެވުން ކުރިއަށް ގެންދިޔައީ ދަރިވަރުން ގޭގައި ތިބެގެންނެވެ. ހޯމަ ދުވަހުން ފެށިގެން އެ ކުދިންގެ ކިޔެވުން ކުރިއަށް ދާނީ ކްލާސްތަކުގަ އެވެ.

ކޮވިޑާ ގުޅިގެން ދަަރިވަރުން ސްކޫލަށް އެނބުރި ދިޔުން އެންމެ ލަހުން ހުޅުވާލި އެއް ގައުމަކީ ފިލިޕީންސް އެވެ. އޭގެ ސަބަބުން ތައުލީމީ ދާއިރާއަށް ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ހޯމަ ދުވަހުން ފެށިގެން ސަރުކާރުގެ 24،000 ސްކޫލްގެ ދަރިވަރުން ހަަފްތާއަކު ފަަސް ދުވަހު ކްލާސްތަކަށް ހާޒިރުވާން ޖެހޭނެ އެވެ.

ބާކީ ސްކޫލްތަކުން ކިޔެވުން ކުރިއަށް ގެންދާނީ އޮންލައިންކޮށް އަަދި ބައެއް ހާލަތްތަކުގައި ކްލާހަށް ގޮސްގެންނެވެ. އެ ސްކޫލްތަކުގެ އޮންލައިން ކްލާސްތަައް ނިންމައި ފިޒިކަލް ކްލާސްތަކަށް އެއްކޮށް ބަދަަލުވާނީ ނޮވެމްބަރުގަ އެވެ.

އެހެންކަމުން، ނޮވެމްބަރު މަހުން ފެށިގެން ފިލިޕީންސްގެ ހުރިހާ ދަރިވަަރުންގެ ކިޔެވުން އޮންނާނީ ސްކޫލްގަ އެވެ. އެ ގައުމުގައި 27 މިލިއަން ދަރިވަރުން ރަޖިސްޓްރީކޮށްފައިވެ އެވެ.

ކޮވިޑް ބަލިމަޑުކަމުގެ އަަސަަރު އެންމެ ބޮޑަށް ކުރި އެއް ގައުމަކީ ފިލިޕީންސް އެވެ. އެ ގައުމުން ތިން މިލިއަން ކޭސް ރިޕޯޓުކޮށްފައިވާ އިރު، 50،000 މީހުން މަރުވެފައިވެ އެވެ.