Advertisement

އިޒްރޭލުގެ އެންއެސްއޯ ގްރޫޕުގެ ސީއީއޯ އިސްތިއުފާ ދީފި

22 އޮގަސްޓު 2022 - 07:42 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެންއެސްއޯ ގްރޫޕުގެ ސީއީއޯ ޝަލޭވް ހޫލިއޯ. -- ފޮޓޯ: ޔޫޓިއުބް


އިޒްރޭލުގެ އެންއެސްއޯ ގްރޫޕުގެ ސީއީއޯ އިސްތިއުފާ ދީފި

22 އޮގަސްޓު 2022 - 07:42 0

ސްޕައިވެއާގެ ވިޔަފާރީގައި މަގްބޫލުކަން ހޯދާފައިވާ އިޒްރޭލުގެ އެންއެސްއޯ ގްރޫޕުގެ ސީއީއޯ ޝަލޭވް ހޫލިއޯ އިސްތިއުފާ ދެއްވައިފި އެވެ.

ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތުގެ ދަށުން ހޫލިއޯ އިސްތިއުފާ ދިނުމާ އެކު، ސީއީއޯގެ ޒިންމާތައް ވަަގުތީ ގޮތުން ހަވާލު ކުރީ ސީއޯއޯ ޔަރޮން ޝޮހާތް އަށެވެ.

އެންއެސްއޯ ގްރޫޕްގެ އޮފިޝަލަކު ބުނީ 100 އެއްހާ މުވަައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށާއި އާ ސީއީއޯ ހޮވާނީ ކުންފުނީގެ ބޯޑުން ކަމަށެވެ.

ޖާސޫސް ކުރުމަށް ބޭނުން ކުރާ ޕެގަސޫސް ސޮފްޓްވެއާ އުފެއްދީ އެންއެސްއޯ ގްރޫޕުންނެވެ. އެ ގްރޫޕްގެ އެހީގައި ސަރުކާރުތަކުން މޮބައިލް ފޯން ހެކްކޮށް ގިނަ ބަޔަކަށް ފާރަލީ މައްސަަލަައެއް ފެންމަތިވެފައިވެ އެވެ.

އެންއެސްއޯ ގްރޫޕުގެ ސްޕައިވެއާ ބޭނުންކޮށްގެން ގިނަ އަދަދެއްގެ ނޫސްވެރިންނާއި، އެކްޓިވިސްޓުން އަދި ސިޔާސީ ވެރިންނަށް ފާރަލަމުންދާކަން ފަޅާއެރީ ނޫސްވެރިންތަކެއްގެ ތަހުގީގުންނެވެ.

އެހެން ނަމަވެސް އެ ކުންފުނީގެ ސްޕައިވެއާ ބޭނުން ކުރަނީ ހަމައެކަނި ގާނޫނީ އިމުގެ ތެރެއިން ހިންގާ ޖިނާއީ އަދި ޓެރަރިޒަމާ ގުޅުން ހުރި ތަހުގީގުތަކަށް ކަމަށް އެންއެސްއޯއިން ބުނެ އެވެ.

"ޖިނާއީ ކުށްތަކާއި ޓެރަރިޒަމާ ދެކޮޅަށް މި ޓެކްނޮލޮޖީގެ ފައިދާ ބޮޑުކަމުން ކުންފުނީގެ އުފެއްދުންތަކަަށް އޮތް ޑިމާންޑް އަދިވެސް ވަރަށް ބޮޑު،" ސީއޯއޯ ޝޮހާތް ނެރުނު ބަަޔާާނެއްގައި ބުންޏެވެ.