Advertisement

ބޭނުންޖެހިފައިވާ 150 އަށް ވުރެ ގިނަ އާއިލާއަށް ބީއެމްއެލްގެ އެހީ

21 އޮގަސްޓު 2022 - 22:19 0

ނިމާ ހަސަން

ނިމާ ހަސަން


ބޭނުންޖެހިފައިވާ 150 އަށް ވުރެ ގިނަ އާއިލާއަށް ބީއެމްއެލްގެ އެހީ

21 އޮގަސްޓު 2022 - 22:19 0

ބޭނުންޖެހިފައިވާ 150 އަށްވުރެ ގިނަ އާއިލާއަށް ބޭންކް އޮފް މޯލްޑިވްސްއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ބޭނުންޖެހިފައިވާ އާއިލާތަކަށް ބީއެމްއެލުން އެހީ ވެފައި ވަނީ އަސާސީ ކާބޯތަކެތީގެ ޕެކޭޖު ފޮނުވައިގެންނެވެ.

މިއީ ބީއެމްއެލާއި އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ނިމިދިޔަ ހަފްތާ ބަންދުގައި ފެށި މި ޕްރޮގްރާމުގެ ދަށުން މިއަދުގެ ނިޔަލަށް 150 އަށް ވުރެ ގިނަ އާއިލާތަކަށް ކާބޯތަކެތީގެ ޕެކޭޖް ފޮނުވާފައި ވެއެވެ. މިއީ މާލެ ސަރަހައްދުގައި ތިބި އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ބީއެމްއެލް އިން ވަނީ މިދިޔަ އަހަރުގެ ރޯދަ މަދު އާއިލާތަކަށް އެހީވުމަށް އާކްއަށް 100،000ރ. ހަދިޔާކޮށްފަ އެވެ.