Advertisement

ނަޝީދު ވިދާޅުވަނީ ރިސޯޓް މުވައްޒަފުންނަށް ނައިޓަށް ދެވޭ ގޮތް ވެއްޖެ ކަމަށް

19 އޮގަސްޓު 2022 - 23:32 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރިސޯޓެއްގެ މުވައްޒަފަކު މަސައްކަތުގައި. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވީ ރިސޯޓް މުވައްޒަފުންނަށް ރޭނގަނޑު ގެއަށް ދެވޭގޮތް މިހާރު ވެފައިވާ ކަމަށް.


ނަޝީދު ވިދާޅުވަނީ ރިސޯޓް މުވައްޒަފުންނަށް ނައިޓަށް ދެވޭ ގޮތް ވެއްޖެ ކަމަށް

19 އޮގަސްޓު 2022 - 23:32 0

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި "އެޖެންޑާ-19"ގެ ނަމުގައި އެމްޑީޕީން ހުށަހެޅި މެނިފެސްޓޯގައި، ރިސޯޓް މުވައްޒަފުންނަށް ވެފައިވާ ވައުދުތައް ފުއްދާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ސިފަކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގަައި ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖެ ބަދަލުކުރި ޕާޓީ ކަމަށާއި އެ ޕާޓީން އަދިވެސް ދާނީ ރާއްޖެ ބަދަލުކުރަމުން ކަމަށެވެ.

އެމްޑީޕީގެ މަސައްކަތުން ގެނެސްފައިވާ ބަދަލުތަކުގެ ލިސްޓެއް އެއާ އެކު އެމަނިކުފާނު ވިދާޅުވި އެވެ. ޓެކްސް ނިޒާމާއި އެކު ދައުލަތުގެ އާމްދަނީއަށް އައި ބަދަލުން ފަށްޓަވައިގެން އެމަނިކުފާނު ނިންމަވައިލެެއްވީ އިންތިހާބަކަށް އެމްޑީޕީން އެންމެ ފަހުން ހުށަހެޅި މެނިފެސްޓޯ ކަމަށްވާ އެޖެންޑާ-19 ގައިވާ ރިސޯޓް މުވައްޒަފުންނަށް ވީ ވައުދުތަކުންނެވެ.

"މިނިމަމް ވޭޖް ކަނޑައެޅިއްޖެ، ނައިޓަށް ގެއަށް ދެވޭ ގޮތް ވެއްޖެ، ރެސޯޓް ފަހަރުގައި މަސައްކަތްކުރާ މީހުނަށް އެމީހުންގެ ސާވިސްޗާޖް ފުރިހަމައަށް ލިބޭ ގޮތް ވެއްޖެ. ހަތްސަތޭކަ ޑޮލަރު ގެއަށް ނުގެންދާ، އިރާދަކުރެއްވިއްޔާ އެންމެ ކުއްޖެއް ވެސް މިހާރު ނެތް،" ނަޝީދު ވިދާޅުވި އެވެ.

އެމާނިކުފާނު އެ ވިދާޅުވި ގިނަ ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނުތަކަށް ގެނެސްފަ އެވެ. ސާވިސް ޗާޖް ހަމައަށް ދިނުން ލާޒިމްކޮށް، މިނިމަމް ވޭޖް ވެސް ވަނީ ކަނޑައަޅަައިފަ އެވެ. އެހެން ނަމަވެސް "ނައިޓަށް ދިއުން" (ރިސޯޓްތަކުގައި މަސައްކަތް ކުރުމަށް ފަހު) ރޭގަނޑު އެމީހެއްގެ ރަށަށް ދިއުމުގެ އިންތިޒާމް ގިނަ ރިސޯޓްތަކަކުން އަދިވެސް ހަމަޖައްސައެއް ނުދެ އެވެ.

އެޖެންޑާ-19 މެނިފެސްޓޯއާ އެކު 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި އެވެ. އެ އިންތިހާބުގައި އެމްޑީޕީން މަޖިލީހުގެ 65 ގޮނޑި ކާމިޔާބުކޮށް ސުޕަ މެޖޯރިޓީ ހޯދި އެވެ.