Advertisement

ހަތް ބައްރުން އިތުބާރާއެކު މުދާ ގެންނަ ސެވަން އޯޝަން

18 އޮގަސްޓު 2022 - 14:36 0


ހަތް ބައްރުން އިތުބާރާއެކު މުދާ ގެންނަ ސެވަން އޯޝަން

18 އޮގަސްޓު 2022 - 14:36 0

ސެވަން އޯޝަން ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑަކީ ފްރައިޓް ފޯވާޑިން، ކަސްޓަމްސް ކްލިއަރެންސްގެ ހިދުމަތް ދިނުމުގައި ރާއްޖޭގައި ވަރުގަދަ ނަމެކެވެ. އެ ހިދުމަތްތައް އެ ކުންފުނިން ދެމުން އަންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ކާމިޔާބަކީ ކޮންމެ ގައުމަކުން ވެސް މުދާ ކަލެކްޓްކޮށް، ގެނެސްދީ، ގޭގެ ދޮރާ ހަމައަށް ގެންގޮސް ދިނުމުގެ އިތުބާރުގައި ކޫރުމެއް ވެސް އެޅިފައި ނެތުމެވެ.

ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ޝަމީމް އިބްރާހިމް "ސެވަން އޯޝަން" އާ އެކު މި ދަތުރަށް ނުކުތީ ތަޖުރިބާ އާއި އާ ވިސްނުންތަކާއެކު އެވެ. ގޮންޖެހުމަކަށް އޮތީ ފްރައިޓް ފޯވާޑިންގެ ވިޔަފާރި ބޭރުގެ ފަރާތްތަކުގެ ކޮންޓްރޯލްގައި އޮތުމާއި ދިވެހިންނަށް އާ ކަމަކަށް ވުމެވެ. ނަމަވެސް އަޒުމަކަށް ބުރޫއެއް ނާރުވައި، އިންޑަސްޓްރީގައި ޝަމީމް އާއި ޓީމުން ކުރި މަސައްކަތުން މިއަދު ކުންފުނި ވެގެން ގޮސްފައި ވަނީ ހަތް ބައްރުން މުދާ ގެންނަ އިތުބާރު ނަމަކަށެވެ.

"އަޅުގަނޑުމެންގެ ރިވިއު ވަރަށް ރަނގަޅުވާނެ،" ރާއްޖެ ގެންނަން ހަވާލުކުރި އެއްވެސް މުދަލެއް ނުގެނެވި އިތުބާރު ގެއްލޭ ފަދަ ކަމެއް ދިމާވެފައި ނެތްކަން ފާހަގަ ކުރެއްވުމަށް ފަހު، ޝަމީމް ބުންޏެ އެވެ.

ސެވަން އޯޝަންއަކީ ޕްރޮފެޝަނަލް ގޮތެއްގައި ޑޯޓުޑޯ ޑެލިވަރީ ކޮޮށްދިނުމާއި ރަށްރަށަށް ކާގޯ ފޮނުވުމާއި ކަސްޓަމްސް ކްލިއަރެންސްގެ ހިދުމަތް ދޭ ކުންފުންޏެކެވެ.

ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ތިޔަ ބޭފުޅުންގެ މުދާ އެއްތަނުން އަނެއްތަނަށް ރައްކާތެރިކަމާއެކު ގެންދެވޭނެ ގޮތް އަޅުގަނޑުމެން ކަށަވަރުކުރާނަން،" އޭނާ ބުންޏެވެ.

މުދަލެއް އެއްތަނުން އަނެއްތަނަށް ބަދަލުވާއިރު އެތަކެތި ގެއްލުމެއް ނުވާނެ ގޮތަށް ފުރިހަމައަށް ޕެކްކޮށްފައިތޯ ސެވަސް އޯޝަންއިން ކަށަވަރުކުރެ އެވެ. ސެވަން އޯޝަން އަށް އިތުބާރުކުރަންޖެހޭ ސަބަބުތަކުގެ ތެރޭގައި މިފަދަ ކަންކަން ހިމެނެ އެވެ. އެ ކުންފުނިން ޔަގީންކޮށް ދެނީ ބުރުގާ، ހެނދުން، ފޮތި، ގޮފި ކޮޅެއް ވިޔަސް ލަސްތަކެއް ނުވެ ގެނެސްދޭނެ ކަމެވެ.

"މިހާރު އެންމެ ގިނަ މީހުން މުދާ ގެންނަނީ މެލޭޝިއާއިން. ކުޑަ އެތިކޮޅެއް ވިޔަސް އަޅުގަނޑުމެން ގެނެސްދޭނަން. ލަޒާޑާއިން ގަތުމަށް ފަހު އަންގާލަން ޖެހޭނީ. އަޅުގަނޑުމެން ގެނެސްދޭނަން،" ޝަމީމް ބުންޏެވެ.

މާލެއިން އެއްޗެއް ލިބެން ނެތުމަކީ ޝަމީމް ބުނި ގޮތުގައި މިހާރު ހާސްވާން ޖެހޭ ކަމެއް ނޫނެވެ. ދިވެހިންގެ މެދުގައި މަޝްހޫރު އިކިއާ ފަރުނީޗަރުން ފެށިގެން ކިތަންމެ ކުޑަ އެއްޗެއް ވިޔަސް، ބޮޑުވެގެން ބޮޑެތި ކޮންޓޭނަރު ވިޔަސް ސެވަން އޯޝަންއިން ގެނެސްދެ އެވެ.

ސެވަން އޯޝަންގެ ކާމިޔާބަކީ ތަޖުރިބާއާއެކު ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށް ދެމުން ދިއުމެވެ. ހިދުމަތަށް ބަދަލެއް ނުގެނެސް، ކޮންމެ ކަަސްޓަމަރަކީ ވެސް ކުންފުންޏަށް މުހިންމު މީހެއް ކަމުގައި ގަބޫލުކުރުމެވެ.

ސެވަން އޯޝަން ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް

ފޯން ނަންބަރު: 3344009

އީމެއިލް: [email protected]