Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ޖަޕާނުން ރާއްޖެއަށް ތިން ވެހިކަލް ދީފި

15 އޮގަސްޓު 2022 - 21:15 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ޖަޕާނުން ރާއްޖެއަށް ދިން ތިން ވެހިކަލްގެ ތެރެއިން ވެހިކަކަށް ފުރޮޅުލީ ގޮނޑިއެއް އަރުވަނީ. ޖަޕާނުން އެފަދަ ތިން ވެހިކަލް ދިން. ފޮޓޯ:އެޗްޑީސީ


ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ޖަޕާނުން ރާއްޖެއަށް ތިން ވެހިކަލް ދީފި

15 އޮގަސްޓު 2022 - 21:15 0

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭ ފަދަ ތިން ވެހިކަލެއް ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ވެހިކަލްތައް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިޑޯރީ ޓަކެއޫޗީ އެވެ. ރާއްޖޭގެ ފަރާތުން ވެހިކަލް ތަކާ ހަވާލުވެވަޑައިގެންނެވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖަމިއްޔާގެ އިސް ބޭފުޅުންނެވެ.

ޖަޕާނުން މިއަދު ހަދިޔާކުރި ތިން ވެހިކަލަކީ ވެސް ފުރޮޅުލީ ގޮނޑި އަރުވަން ފަސޭހަވާނެ ނިޒާމުތައް ގާއިމްކޮށްފައިވާ ތިން ވެހިކަލެވެ.

ވެހިކަލްތައް ހަދިޔާކުރުމުން ޖަޕާނަށް ޝުކުރު އަދާކުރައްވައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ ތިން ވެހިކަލް ލިބުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބުނު ބޮޑު ލުޔެއް ކަމަށެވެ. އެ ވެހިކަލްތައް ހޯދަން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖަމިއްްޔާއިން ކުރި މަސައްކަތުގައި، ޔޫތު މިނިސްޓްރީން ދައުރެެއް އަދާކޮށްފައި ވުމަކީ އުފާކުރައްވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޖަޕާން ސަރުކާރުން ހަދިޔާ ކުރި ތިން ވެހިކަލްގެ ސަބަބުން އެފަރާތްތަކަށް ބޮޑު ލުޔެއް ލިބޭނެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ކުރި އެ މަސައްކަތުގައި ޔޫތު މިނިސްޓްރީގެ ފަރާތުން އެހީތެރިވެވުމަކީ ބޮޑު އުފަލެއް،" މަހުލޫފް ވިދާޅުވި އެވެ.